ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ބަޔަކުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ނޮމިނޭޓްވެއްޖެ އެވެ.
އެމްއޭސީއެލްއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ނޮމިނޭޓްވެފައިވަނީ ދުނިޔޭގެ އެންމެ ކުރިއްސުރެ ފާހަގަކޮށްލެވޭ އެއަރޕޯޓްތަކާ ވާދަކުރާ "ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026" އަދި ދަތުރުވެރިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރަށް ބަލައި ދެވޭ "ވޯލްޑްސް ލީޑިންގ އެއަރޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" ގެ ކެޓަގަރީއިންނެވެ.
މި ނޮމިނޭޝަންތައް ވީއައިއޭއަށް ލިބިފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ ޝަރަފު ހޯދާފައިވުމާ ގުޅިގެންނެވެ. މި ކާމިޔާބީއާ އެކު، ދުނިޔޭގެ މުޅި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މޮޅު އެއަރޕޯޓްތަކުގެ ތެރޭގައި ވީއައިއޭ ހިމެނި، އެކަމަށް ވާދަކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ފޮޓޯ: އެމްއޭސީއެލް
"ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026" ކެޓަގަރީގައި ވީއައިއޭ ވާދަކުރާނީ ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ ފާހަގަކޮށްލެވޭ އެއަރޕޯޓްތަކާ އެކުގައެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައިޖީއޭ އެއަރޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއަރޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއަރޕޯޓް އަދި ޒިއުރިކް އެއަރޕޯޓް ފަދަ އެއަރޕޯޓްތައް ހިމެނެއެވެ. މި ކެޓަގަރީއިން ޖުމްލަ ދެ އެއަރޕޯޓެއް ނޮމިނޭޓްވެފައިވެ އެވެ.
ހަމައެއާއެކު، "ވޯލްޑްސް ލީޑިންގ އެއަރޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީއިން ޖުމްލަ 12 އެއަރޕޯޓަކާ ވާދަކުރަން ވީއައިއޭއަށް ވަނީ ފުރުސަތު ލިބިފައެވެ. މި ކެޓަގަރީގައި ވީއައިއޭއާއެކު ވާދަކުރާ އެއަރޕޯޓްތަކުގެ ތެރޭގައި ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއަރޕޯޓާއި، ސިޑްނީ އެއަރޕޯޓް އަދި އޯކްލޭންޑް އެއަރޕޯޓު ހިމެނެއެވެ.
އެމްއޭސީއެލްއިން ވަނީ، މި ދެ ކެޓަގަރީއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކާމިޔާބީ ހޯދައިދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުންވެސް މި ވޯޓުގައި ބައިވެރިވެ ދެއްވުމަށް އިލްތިމާސްކޮށްފައެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
ވޯޓު ލުމަށް ބޭނުން ކުރަންވީ ލިންކު:
ލިންކު
މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް ރަސްމީކޮށް ހާމަކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.

ކިޔުންތެރިންގެ ހިޔާލު