ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ސަލާމަތީ ގޮތުން ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ހާއްސަ އިމަޖެންސީ ފަރިތަކުރުން ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ.
އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އާ ގުޅިގެން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ކަމަށެވެ. މި ފަރިތަކުރުމުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި އެއާޕޯޓުގައި ހިންގާ ރިސޯޓު ލައުންޖްތަކުގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 123 ވޮލަންޓިއަރުން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން، ފުލުހުންގެ މުއައްސަސާއާއި، އެއާލައިންތަކާއި، ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރާއި ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކުގެ އޮފިޝަލުން ވަނީ މި ހަރަކާތް ކުރިއަށްދިޔަ ގޮތް ވަރަށް ގާތުން މޮނިޓާކޮށްފައެވެ.

އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ އިމަޖެންސީ ހަރަކާތް
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި މިހާރު އަމަލުކުރަމުންދާ ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނާއި، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އެސްއޯޕީތަކުގެ ހަރުދަނާކަން ވަޒަންކުރުމެވެ. އަދި ކުއްލި ހާލަތެއްގައި ކަމާގުޅުންހުރި އެކި އިދާރާތައް ގުޅިގެން އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަނެ، ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ފަރިތަކުރުންތައް ނިންމާލުމަށްފަހު، ހަރަކާތް ދިޔަގޮތް މުރާޖައާކޮށް ވަޒަންކުރުމުގެ ގޮތުން ބާއްވާ ހާއްސަ "ހޮޓްވޮޝް" ބައްދަލުވުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި، ވީއައިއޭގައި ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކާމިޔާބުވި ކަންކަމާއި އިތުރަށް އިސްލާހުކުރަންޖެހޭ ކަންކަން ވަނީ ފާހަގަކޮށްފައެވެ.

އިމަޖެންސީ އެކްސަސައިޒަށް ފަހު ބޭއްވި ހޮޓްވޮޝް ބައްދަލުވުން، ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލް އިން ބުނީ، ދަތުރުވެރިންނާއި، މުވައްޒަފުން އަދި ވައިގެ ބަނދަރާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ބެހެއްޓުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު