މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯއަކީ، އެ އެއާޕޯޓުގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުމެއްގެ ތެރެއިން ނަގާފައިވާ މަންޒަރުތަކެއް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ މި މަހުގެ 25 ވީ ހޯމަ ދުވަހުގެ ރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަރޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތައް ކަމަށެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މި ވީޑިއޯ ބޭނުންކޮށްގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެއްދުމަށާއި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ. އަދި ކުންފުނީގެ އަގުވެއްޓޭ ގޮތަށް އެއްވެސް އަސާސެއް ނެތް މައުލޫމާތު ފަތުރަމުންދާތީ، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެމްއޭސީއެލްގެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން، އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި، ކަމާބެހޭ ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އާންމުންގެ ތެރޭގައި ދައުރުނުކުރުމަށް އެމްއޭސީއެލް އިން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު