މޯލްޑިވްސް ފިޝަރީޒް އެންޑް ކޯޕަރޭޝަން (މިފްކޯ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް
މޯލްޑިވްސް ފިޝަރީޒް އެންޑް ކޯޕަރޭޝަން (މިފްކޯ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހާމަކޮށްފިއެވެ.

މައުލޫމާތު ހާމަކުރުމުގައި މިފްކޯއިން ހޯދި މި ކާމިޔާބީ ފާހަގަކޮށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ވަނީ އެ ކުންފުންޏަށް މަރުހަބާ ކިޔައިފައެވެ. އެގޮތުން ކުންފުނީގެ ހިންގުން ދެފުށް ފެންނަ ގޮތެއްގައި ބެހެއްޓުމަށާއި ޒިންމާދާރުކަން އިތުރުކުރުމަށްޓަކައި، ގާނޫނު ލާޒިމުކުރާ އެންމެހައި މައުލޫމާތުތައް މިފްކޯއިން މިހާރު ވަނީ އާންމުކޮށްފައެވެ.

އައިކޮމްއިން ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރަންޖެހޭ މިންވަރަށް މައުލޫމާތު އާންމުކުރި ދައުލަތުގެ ހަވަނަ ކުންފުންޏަކީ މިފްކޯ ކަމަށެވެ. އަދި މުޅި ރާއްޖޭގެ ދައުލަތުގެ ހުރިހާ އިދާރާތަކަށް ބަލާއިރު، މި ޝަރުތު ފުރިހަމަކުރި 44 ވަނަ އިދާރާއަކީ ވެސް އެ ކުންފުންޏެވެ.



މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ސަރުކާރުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ފުރިހަމައަށް ހާމަކުރަން ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސަގާފަތެއް ގާއިމުކުރުމަށް އައިކޮމްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިނަ މުއައްސަސާތަކަކުން މިހާރު އަންނަނީ ގާނޫނާ އެއްގޮތަށް މައުލޫމާތު ހާމަކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު