އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސިޔާސީ ގޮތުން އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާތީ، އަވަސް އިންތިހާބަކަށް ދިއުމުގެ ބަދަލުގައި، ދައުލަތުގެ ބަޖެޓް ފާސްކޮށް ވެރިކަން ދެމެހެއްޓުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މަސައްކަތް ފަށްޓަވާފައެވެ.
އިޒްރޭލުގެ ގާނޫނު ބުނާ ގޮތުން، މި މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ފާސްނުކުރެވިއްޖެ ނަމަ، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހެއެވެ.
އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ލިބުނު އަސްކަރީ ކާމިޔާބީތަކުގެ ބޭނުން ހިފައި، އަވަސް އިންތިހާބަކަށް ދިއުމަށް ނަތަންޔާހޫގެ ބައެއް ބައިވެރިން ކުރިން ވިސްނި ނަމަވެސް، މިހާރު އޭނާގެ އަމާޒަކީ އިންތިހާބު ލަސްކޮށް ސަރުކާރުގެ ދައުރު ފުރިހަމަކުރުމެވެ.
ނަތަންޔާހޫ ވަނީ ހަނގުރާމައިގެ ހަރަދުތަކަށް އިސްކަންދީފައިވާ 225 ބިލިއަން ޑޮލަރުގެ ބަޖެޓަށް ތާއީދުކުރުމަށް އޭނާގެ އިއްތިހާދުގެ ބައިވެރިންނަށް ގޮވައިލައްވާފައެވެ.
ހަނގުރާމައަށް އާންމުންގެ ތާއީދު އޮތް ނަމަވެސް، ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ސިޔާސީ މަޝްރަހަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ސާވޭތަކުން ދައްކާ ގޮތުގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކުރިން ލިބުނު 34 ގޮނޑީގެ ބަދަލުގައި މިހާރު ލިބޭނެ ކަމަށް ލަފާކުރެވެނީ 28 ގޮނޑިއެވެ. މިއީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަށް ބޭނުންވާ މިންވަރަށް ވުރެ މަދު އަދަދެކެވެ.
މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އިޒްރޭލުގެ އިގްތިސޯދަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ހަފުތާއަކު ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރު ހޭދަވާ ކަމަށް އަންދާޒާ ކުރެވޭއިރު، ސަރުކާރުން ވަނީ ދިފާއީ ހަރަދުތަކަށް އިތުރު 32 ބިލިއަން ޝެކެލް ކަނޑައަޅާފައެވެ.
އިއްތިހާދުގެ ތާއީދު ދެމެހެއްޓުމަށްޓަކައި، ހަރުކަށި ފިކުރުގެ ޔަހޫދީ މަދަރުސާތަކަށް ވެސް ބޮޑު ހޭދައެއް ކުރުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ސަރުކާރުން އިސްކަންދެނީ ވަސީލަތްތައް އިންސާފުވެރިކޮށް ބެހުމުގެ ބަދަލުގައި، ކޯލިޝަން ދެމެހެއްޓުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު