މި ހަފުތާގައި ބޭއްވި އިސްރާއީލުގެ ސަލާމަތީ ކެބިނެޓް ބައްދަލުވުމެއްގައި، އެ ގައުމުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އީޔަލް ޒަމީރު ވަނީ ސިފައިންގެ އަދަދު މަދުވުމާއި އޮޕަރޭޝަނަލް ޑިމާންޑްތައް އިތުރުވުމުގެ ސަބަބުން އަސްކަރިއްޔާ "އަމިއްލައަށް އިނދަޖެހެމުން" ދާކަމުގެ ނުރައްކަލުގެ އިންޒާރު ދީފައެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒަމީރު ވަނީ ވަޒީރުންގެ ކުރިމަތީގައި "10 ރަތް ދިދަ" ނުވަތަ ނުރައްކަލުގެ އިންޒާރު އުފުލައި، އަސްކަރިއްޔާއަށް މިހާރުން މިހާރަށް މަޖުބޫރު އަސްކަރީ ޚިދުމަތާއި ރިޒާވް ޑިއުޓީގެ އާ ގާނޫނުތަކެއް ބޭނުންވާކަން ހާމަކޮށްފައެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި، މި ބަދަލުތައް ނުގެނެސްފިނަމަ ކުރިއަށް އޮތް ތަނުގައި އާންމު މިޝަންތަކަށް ތައްޔާރުވުމުގެ ގާބިލުކަން އަސްކަރިއްޔާއިން ގެއްލި، ރިޒާވް ނިޒާމު މުޅިން ހަލާކުވެގެން ހިނގައިދާނެއެވެ.
މި ބައްދަލުވުމުގައި ސެންޓްރަލް ކޮމާންޑްގެ ވެރިޔާ މޭޖަރ ޖެނެރަލް އަވީ ބްލޫތު ވެސް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އާބާދީތައް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ސިފައިންގެ މައްޗަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި އެ ސަރަހައްދުތަކަށް ބޭނުންވާ ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިތުރު މީހުން ބޭނުންވާ ކަމަށާއި، މިހާރުވެސް ލުބުނާނުގެ ފްރަންޓަށް ފޮނުވަން އޮތް ބަޓާލިއަނެއް ވަޒަންވެރިންގެ ހަމަލާތަކާ ގުޅިގެން ހުޅަނގު އައްސޭރިއަށް ބަދަލުކުރަން ޖެހިފައިވާކަން އޭނާ ހާމަކުރެއްވިއެވެ. ބައްދަލުވުމުގެ ތެރޭގައި ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންނަށް ދޭ އަނިޔާވެރި ހަމަލާތަކުގެ ވީޑިއޯ ފޫޓޭޖްތައް ވެސް ވަނީ ވަޒީރުންނަށް ދައްކާފައެވެ.
މި މައުލޫމާތުތައް އާންމުވުމާއެކު، އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަސްކަރިއްޔާ ހަނގުރާމައަކަށް ފޮނުވާލީ އެއްވެސް ސްޓްރެޓެޖީއެއް ނެތި، މަދު ސިފައިންނާއެކުގައެވެ.
އަދި އަލްޓްރާ އޯތޮޑޮކްސް ފިރިހެނުން އަސްކަރިއްޔާއަށް ވެއްދުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، "ޔަހޫދީ ޓެރަރިޒަމް" ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރުގެ ކިބައިން ބާރުތައް އަތުލުމަށް ވެސް ލަޕިޑް ވަނީ ބޮޑުވަޒީރު ނަތަންޔާހޫއަށް ގޮވާލައްވާފައެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ސިފައިންގެ އަދަދު އިތުރުކުރުމަށް ބޭނުންވާ ގާނޫނުތައް ފާސްކުރުމަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު