ޕާކިސްތާނުގެ އިންޒާރު އިސްރާއީލަށް.
ޕާކިސްތާނުގެ އިންޒާރު އިސްރާއީލަށް.
ތެހެރާނުގައި ހުންނަ ޕާކިސްތާނު އެމްބަސީ ކައިރިއަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން، ނިއުކްލިއަރ ބާރު ލިބިފައިވާ ޕާކިސްތާނުން ވަނީ ސަހްޔޫނީ ދައުލަތަށް ހަރުކަށި އިންޒާރެއް ފޮނުވާފައެވެ.

އެ ޤައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި، ޕާކިސްތާނަކީ ޤަތަރު ނޫން ކަމަށާއި، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި އެ ޤައުމުގެ ސިޔާސީ އިދާރާއަކަށް ނުވަތަ ޑިޕްލޮމެޓަކަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ޖަވާބެއް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ޕާކިސްތާނުގެ ނިއުކްލިއަރ ޤާބިލުކަމަކީ ހަމައެކަނި ދެއްކުމަކަށް އޮތް ބާރެއް ނޫން ކަމަށާއި، ޤައުމުގެ ސިޔާދަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ފިޔަވަޅެއް އެޅުމަށްވެސް ފަސްނުޖެހޭނެ ކަމަށް ޚާރިޖީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، އިސްރާއީލުން ފަލަސްޠީނާއި އިރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޕާކިސްތާނުން ދިން މި އިންޒާރަކީ ފަހުގެ ތާރީޚެއްގައި އެ ޤައުމުން ދިން އެންމެ ވަރުގަދަ ރައްދެވެ.



ކިޔުންތެރިންގެ ހިޔާލު