މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އިރާނުގެ ވެރިރަށް ތެހެރާނަށް އަމާޒުކުރެވޭ ހަމަލާތަކުގައި އާންމުންގެ ގިނަ ބަޔަކު މަރުވަމުންދާކަމުގެ ބިރުވެރި ރިޕޯޓުތަކެއް ބީބީސީ އިން ހާމަކޮށްފިއެވެ.
ތެހެރާނުގެ އިރުމަތީ އަވަށެއް ކަމަށްވާ ރަސާލާތުގައި ހުރި އާންމުން ދިރިއުޅޭ އިމާރާތަކަށް ދެވުނު ހަމަލާއެއްގައި، މަންމައަކު އޭނާގެ ދަރިފުޅު ސަލާމަތް ނުކުރެވިގެން ގޮވަމުންދާ މަންޒަރުތަކުން ފެންނަނީ ހިތްދަތި މަންޒަރެކެވެ.
އެ އަންހެންމީހާ ބުނާގޮތުގައި، ކޮންކްރީޓް ބުރިތަކުގެ ދަށުގައި ތާށިވެފައި އޮތް އޭނާގެ ދަރިފުޅު ނެގޭނެ ވަރުގެ އިންސާނީ ވަސީލަތެއް އެ ސަރަހައްދުގައި ނެތެވެ. މި ހަމަލާގައި އެ އަންހެންމީހާގެ ދަރިފުޅާއި ކާފަދަރިފުޅު ވަނީ މަރުވެފައެވެ.
އިޒްރޭލާއި އެމެރިކާއިން އިރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ސަރުކާރާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރި ނަމަވެސް، މި ތަންތަނަކީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުންނަ ތަންތަން ކަމުން އާންމުންނަށް ލިބޭ ގެއްލުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ރަސާލާތުގައި ދެވުނު ހަމަލާގައި 40 އާއި 50 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، އިޒްރޭލް ޑިފެންސް ފޯސް އިން ބުނަނީ އެމީހުން ހަމަލާދިނީ ބަސީޖް ކިޔާ އަސްކަރީ ޖަމާއަތެއްގެ މަރުކަޒަކަށް ކަމަށާއި، މަރުވި މީހުންގެ އަދަދު ބީބީސީން ބުނާ މިންވަރަށްވުރެ މަދުވާނެ ކަމަށެވެ. ނަމަވެސް ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގެ އާންމުން ދިރިއުޅޭ ހަތަރު އިމާރާތެއް ވަނީ މުޅިން ސުންނާފަތިވެފައެވެ.
މި ހަމަލާތަކުގައި ބޭނުންކުރަނީ "މާކް 84" ކިޔާ ވަރުގަދަ ބޮމެއް ކަމަށް އަސްކަރީ މާހިރުން ލަފާކުރެއެވެ. ގާތްގަނޑަކަށް 907 ކިލޯގެ ބަރުދަން ހުންނަ މި ބޮންތަކަކީ އާންމުން ދިރިއުޅޭ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ބޭނުންކުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެއެވެ. ހަމައެކަނި ތެހެރާނަށް ވެސް މިހާތަނަށް 3,600 އަށްވުރެ ގިނަ ބޮން އަޅާފައިވާ ކަމަށް އިޒްރޭލުން ވަނީ ހާމަކޮށްފައެވެ.
އިރާނުގެ ރައްޔިތުން ތިބީ އުޑުމަތިން އަންނަ ބޮންތަކާއި، ގައުމުގެ އެތެރޭގައި ހިނގަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ދެމެދުގައި ތާށިވެފައެވެ. މިދިޔަ ޖެނުއަރީ މަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން އިރާނުގެ ސަރުކާރުން ވަނީ ރައްޔިތުންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އާންމު ދިރިއުޅުން މުޅިން ހުއްޓި، އެތައް ބައެއްގެ މުދަލާއި ގެދޮރު ގެއްލި، ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާކަން މި ރިޕޯޓުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު