އެސް.އެން ކެރަމް އެކަޑަމީގެ ޓީމެއް، ޓުރޭނިންގ އަކަށް މިއަދު ލަންކާއަށް ފުރައިފިއެވެ. މި ޓީމުގައި އެސް.އެން އެކަޑަމީގެ ދިހަ ދަރިވަރުންނާއި ދެ ކޯޗުންގެ އިތުރުން ދެ އޮފިޝަލުން ހިމެނެއެވެ. ދިހަ ދަރިވަރުންގެ ތެރޭގައި ހިމެނެނީ 20 އަހަރުން ދަށުގެ 5 ދަރިވަރުންނާއި 16 އަހަރުން ދަށުގެ 5 ދަރިވަރުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ދިވެހިރާއްޖޭގެ ކެރަމްގެ ތާރީހުގައިވެސް، ރާއްޖޭން ބޭރަށް ޓުރޭނިންގ އަކަށް ޓީމެއް ފުރި ފުރަތަމަ ފަހަރެވެ.
އެސް.އެން ގެ އިސް ކޯޗު، އިސްމާއީލް އަޒުމީނު ރަސް އަށް ވިދާޅުވީ މިފަދަ ޓްރޭނިންގ ދަތުރުތަކަށް ދިޔުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި މީގެ ސަބަބުން ކުޅުންތެރިންނަށް ތަފާތު ތަޖުރިބާތައް ކުރެވިގެންދާނެ ކަމަށެވެ. އެެގޮތުން ޓރޭނިންގައި ބައިވެރިންނަށް އެމީހުންގެ ހުނަރު ލަންކާގެ ކުޅުންތެރިންނާ ވާދަކޮށް ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން ޓީމުގެ ކުޅުންތެރިން އެ ތަޖުރިބާގެ އެހީގައި އިތުރަށް ރަނގަޅު ކުރަން ހުރި ކަންތައްތައް ފާހަގަކުރެވި އެކަންކަން ރަނގަޅުކުރަން ހިއްވަރު ލިބިގެންދާނެ ކަމަށެވެ.
އަޒުމީން އިތުރަށް ވިދާޅުވީ މި ޓުރޭނިންގައި ލަންކާގެ ސުކޫލު އަދި ކޮލެޖުތަކުގެ ޓީމުތަކާ އެކު ގިނަ މެޗުތަކަކާއި، ޓީމު ބިލްޑިންގ ހަރަމާތްތަކަކާއިއެކު ލަންކާގެ އެންމެ މޮޅު ކޯޗުންގެ ކޯޗިން ސެޝަންތަކެއްވެސް ކުރިއަށްގެންދަން ރޭވިފައިވާކަމަށެވެ. މިއީ ކުދިންނަށް ގިނަ މެޗުތަކެއް ކުޅެން ލިބި، ގިނަ ކުޅުންތެރިންތަކެއްގެ ގޭމު ފެންނާނެ، އަދި އެކުދިންގެ އަމިއްލަ ގޭމުގެ ފެންވަރު އަޅާކިޔާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައި ކޯޗު ފާހަގަކުރެއްވިއެވެ. އަދި، ލަންކާގެ އެންމެ މޮޅު ކޯޗުންގެ ފަރާތުން ލިބޭ ސެޝަންތަކަކީ، އެ ކުދިންގެ ކުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މުޅި ޖުމްލަ 100 އެއްހާ ކުދިންނާ އެކު ހިންގާ އެސް.އެން ކެރަމް އެކަޑަމީއަކީ މިހާރު ދިވެހިރާއްޖޭގައި ލީޑިންގ ކެރަމް އެކަޑަމީއެވެ. އެސް.އެން ކެރަމް އެކަޑަމީގެ އިސް ކޯޗު، އިސްމާއީލް އަޒުމީނަކީ ދިވެހި ރާއްޖޭގެ 3 ފަހަރު ގައުމީ ޗެމްޕިއަންކަން އަދި މި ވަގުތު ދުނިޔޭގެ 7 ވަނަ ހޯދައިފައިވާ ކުޅުންތެރިޔާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު