އެމެރިކާ އެކަހެރި ކޮށްފައި 30 ގައުމަކުން ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ކޯލިޝަނެއް ހެދުމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ މަގުތަކުގެ ތެރެއިން އެއް މަގު ކަމަށްވާ ސްޓްރޭޓް އޮފް ހޮރްމުޒް އަލުން ހުޅުވުމަށް ކޯލިޝަނެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ގާތްގަނޑަކަށް 30 ގައުމަކުން ތައްޔާރުވަމުން އަންނައިރު ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މި މަސައްކަތަށް ދުނިޔެ އޮތީ ވަރަށް ގާތުން ދެކޭށެވެ. އިނގިރޭސިވިލާތާއި ފްރާންސް އިސްކޮށް ތިބެގެން ކުރިއަށް ގެންދާ މި މަޝްވަރާތައް މި ހަފުތާގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އިސްނެގުމަކީ ޔޫރަޕްގެ ޤައުމުތަކާއި ޖަޕާނާއި އޮސްޓްރޭލިއާ އަދި ކެނެޑާ ހިމެނޭ ގޮތަށް މުހިއްމު އެކުވެރި ޤައުމުތަކަށް ޑޮނަލްޑް ޓްރަމްޕް ސްޓްރެއިޓް ރައްކާތެރިކޮށް އަލުން ހުޅުވާލުމުގެ ޒިންމާ ބަދަލުކޮށް ޓްރަމްޕްގެ މަސައްކަތެއްކަން ދައްކަން އުޅެގެން އެކަން ވަނީ ކާމިޔަބު ނުވެފައެވެ. މިހާރު މި ކޯލިޝަން ކުރިޔަށް ދާނީ ޓްރަމްޕްގެ ބައިވެރި ވުމަކާނުލައެވެ.
މި މިޝަނަށް ތައްޔާރީތައް ވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. މާޗް 19 ވަނަ ދުވަހު ބައިވެރިވި ޤައުމުތަކުން ލަންޑަނުގައި ފުރަތަމަ ބައްދަލުވުމެއް ބާއްވައި، އެ ޤައުމުތަކުން ވަނީ މަސައްކަތްތައް ކޯޑިނޭޓް ކުރުމުގެ ނިޔަތް ބަޔާންކޮށް ޖޮއިންޓް ޑިކްލެރޭޝަނެއްގައި ސޮއިކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ކެނެޑާއިން ކުރިން އެމެރިކާއިން ކުރި މިފަދަ އެދުމަކަށް ދެކޮޅު ހެދުމަށްފަހު މިހާރު ވަނީ ފުޅާކޮށްފައިވާ ގްރޫޕާ ގުޅުމަށް އެއްބަސްވެފައެވެ. މިއަށްވުރެ ބޮޑު ސަމިޓެއް ޕޯޓްސްމައުތުގައި ބާއްވާނެ ކަމަށް ބެލެވޭއިރު، މި މިޝަންގެ އެންމެ ފަހުގެ ތަފްސީލުތަކާ މެދު އެއްބަސްވެވޭނެ އެވެ.
މި ކޯލިޝަންގެ ފަހަތުގައިވާ އަވަސްކަން އޮތީ ޚުދު ސްޓްރޭޓް އޮފް ހޮރްމޫޒްގެ ސްޓްރެޓެޖިކް މުހިންމުކަމެވެ. އުތުރުން އީރާނާއި އޮމާނާއި ދެކުނުން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ދެމެދު އޮންނަ މި ހަނި ޕެސޭޖް ދެކެނީ ފާރިސީ ޤަލްފާއި އޮމާންގެ ޤަލްފާއި އަރަބި ކަނޑާ ގުޅުވައިދޭ މުހިންމު ދޮރެއްގެ ގޮތުގަ އެވެ.
ދުނިޔޭގެ ތެލާއި ލިކުއިފައިޑް ޤުދުރަތީ ގޭސް އެކްސްޕޯޓްގެ ބޮޑު ބައެއް މި ކޮރިޑޯ މެދުވެރިކޮށް ދަތުރުކުރާއިރު، އެއްވެސް ކަހަލަ ދަތިކަމެއް އޮތުމަކީ ދުނިޔޭގެ ހަކަތަ މާކެޓްތަކަށާއި އިޤްތިސާދީ ހަމަޖެހުމަށް ބޮޑު ނުރައްކަލަކަށް ވެގެންދާނެ ކަމެކެވެ. ހާސްކަން އިތުރުވެ، ކަނޑުގެ ޓްރެފިކަށް އަސަރު ކުރަމުންދާއިރު، ސްޓްރެއިޓް އަލުން ހުޅުވުމަށް ކުރާ މަސައްކަތަށް އިތުރު އަވަސްކަމެއް މިހާރު މިވަނީ ލިބިފައެވެ.
ކޯޑިނޭޝަނާއި ލީޑަޝިޕާއި އެކަމުގައި ހުރި ނުރައްކާތަކާ މެދު ސުވާލު އުފެދިފައިވާއިރު، އުފެދިގެން އަންނަ ކޯލިޝަނުން މިކަމަށް ސީދާ ހައްލަކާ ހަމައަށް ވާސިލްވެވޭނޭ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. މިކަމުގައި އެންމެ ބޮޑު ފަސޭހަޔަކަށް ވާނީ އެމެރިކާގެ ސީދާ ބައިވެރިވުމެއް ނެތި ދުނިޔޭގެ ސަލާމަތީ ގޮންޖެހުމެއް މެނޭޖްކުރުމަށް ޤައުމުތަކެއް އެކުވެގެން އެޅާ ފިޔަވަޅަކަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު