އިންޑިޔާގައި ކޮވިޑް އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ. (ފޮޓޯ: ހިންދުސްތާން ޓައިމްސް)
އިންޑިޔާގައި ކޮވިޑް އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ. (ފޮޓޯ: ހިންދުސްތާން ޓައިމްސް)
އިންޑިއާގެ ހެލްތު މިނިސްޓްރީ އިން މިއަދު ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިންޑިޔާގައި ބަލިޖެހުނު މީހުންގެ އަދަދު 7 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާގައި މިދިޔަ 24 ގަޑި އިރުގެ ތެރޭގައި އެކަނިވެސް 74،383 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އިންޑިޔާގެ ހެލްތު މިނިސްޓްރީ އިން މިއަދު ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަދަދާއެކު، އިންޑިޔާގައި ޖުމްލަ ކޮވިޑް ޖެހުނު މީހުންގެ އަދަދު 7،053،806 އަށް ވަނީ އަރައިފައެވެ.

އިންޑިއާގައި ކޮވިޑް ޖެހިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 918 މީހުން މަރުވެފައިވާކަމަށް ރަސްމީ ރިޕޯޓްތައް ބުނެއެވެ. މިއަދަދާއެކު، ކޮވިޑް ޖެހިގެން މިހާތަނަށް އިންޑިއާގައި މަރުވި މީހުންގެ އަދަދު ވަނީ 108،334 އަށް އަރާފައެވެ.

އިންޑިޔާގައި ކޮވިޑް ފެތުރުން އިތުރުވެ، މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަމީހުންނަށް ކޮވިޑް ޖެހިފައިވާ ގައުމުގެ ގޮތުގައި އިންޑިޔާ ވަނީ ހިމެނިފައެވެ. މިލިސްޓުގެ އެންމެ ކުރީގައި އޮތް އެމެރިކާގައި 7.7 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން