އިސްރާއީލުގެ އިރާނުގެ ވެރިރަށް ތެހެރާނުގެ ބައެއް ސަރަހައްދުތަކާއި އަލްބޯރްޒް ޕްރޮވިންސުގެ ކަރަޖް ސިޓީގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
އިރާނުގެ އެނާޖީ މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކެއްގެ ސަބަބުންނެވެ.
މި ހަމަލާތަކުގައި އަލްބޯރްޒް ޕްރޮވިންސުގެ ކަރަންޓުވިއުގައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ކަރަންޓު ކެނޑުމަށް މެދުވެރިވީ ގޮވުންތަކާއެކު ބުރައިގެން ދިޔަ ދަގަނޑު ބުރިތަކެއް (ޝްރެޕްނަލް) ކަރަންޓުވިއުގައަށް އެރުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން ތެހެރާނުގެ ބައެއް ސަރަހައްދުތަކާއި ކަރަޖް ސިޓީގެ ބޮޑު ބައަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
އިރާނުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކަރަންޓުގެ ޚިދުމަތް އަލުން އިއާދަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެނާޖީ މިނިސްޓްރީން ބުނެފައިވަނީ ޓެކްނިކަލް ޓީމުތަކުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ވީއެންމެ އަވަހަކަށް ޚިދުމަތް މެދުވެރިވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު