އީރާނުގެ ހުޅަނގު އުތުރު ސަރަހައްދުގެ ރައްކާތެރިކަން ވަރުގަދަކޮށްފައިވާ މުހިންމު ތަންތަނުގެ މައުލޫމާތު އެމެރިކާއާއި އިޒްރޭލުގެ ޖާސޫސީ އިދާރާތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އީރާނުގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި ދެ މީހުންނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އީރާނުގެ ސެންސިޓިވް ނުވަތަ ނާޒުކު ސަރަހައްދުތަކުގެ ތަފްސީލުތައް ބޭރުގެ ޖާސޫސީ އިދާރާތަކަށް ހިއްސާކުރުން ހިމެނެއެވެ.
މި މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުން އެ މީހުން ކްރިޕްޓޯކަރަންސީން ފައިސާ ހޯދާފައިވާ ކަމަށްވެސް ތަސްނީމް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ. މިއީ އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއްގެ ގޮތުގައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އީރާނުގެ އީސްޓް އަޒަރުބައިޖާން ޕްރޮވިންސްގެ އޮސްކޫ ސަރަހައްދުންނެވެ.
ހައްޔަރުކުރުމަށްފަހު، މިހާރު މި ދެ މީހުން ވަނީ އިތުރު ތަހުގީގަށާއި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެ ގައުމުގެ ޝަރުއީ އިދާރާތަކާ ހަވާލުކުރެވިފައެވެ. އީރާނުން ދޭތެރެ ދޭތެރެއިން މިފަދަ ޖާސޫސީ އަމަލުތަކުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް، ހަރުކަށި އަދަބުތައް ދެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު