މަޖިލީހުގެ ކުރީގެ މެންބަރު ނަފާ ނަސީމް
މަޖިލީހުގެ ކުރީގެ މެންބަރު ނަފާ ނަސީމް
މަޖިލީހުގެ ކުރީގެ މެންބަރު ނަފާ ނަސީމް، ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މީސްމީޑިއާގައި ޝުއޫރު ފާޅުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ފޯސްޓުތަކެއްގައި ނަފާ ވަނީ، ގައުމުގެ ދަރަނި ބޮޑުވެ، ހަރަދު ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ސުވާލު އުފައްދަވާފައެވެ.





އެގޮތުން، ހަރަދު ކުޑަކުރުމުގެ ނަމުގައި ކުރެވެމުންދާ ކަންކަމަށް މަލާމާތުގެ ރާގަކަށް ނަފީސާ ވިދާޅުވީ، ހަރަދު ކުޑަކުރަން ކުރަންވީ ކަމަކީ މުސާރަތައް ބޮޑުކުރުމާއި، ދަރަންޏަށް ބިންހިއްކުމާއި، އިތުރު އެއާޕޯޓުތަކާއި ފުލެޓުތައް އެޅުން ކަމަށެވެ.





އަދި އެންމެނަށް ލޯނު ދޫކޮށް، ދުވާލަކު ދެއިރު ސައޫދީ އަރަބިއްޔާ އާއި ދުބާއީއަށް ވަފުދުތައް ފޮނުވައި، ދަރަނި ފަސްކުރުމަށްފަހު އިތުރަށް ލޯނު ނެގުމަކީ "ހަރަދު ކުޑަކުރަން" ކުރަންވީ ކަންކަން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ނަފާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ގައުމުގެ ދަރަނި ނުދެއްކިގެން އުޅޭއިރު އަދި ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިފަދަ ކަންކަން ކުރުމަކީ "ހިކުމަތްތެރި، ކެރޭ، ގަޓުހުރި" ވެރިން ގައުމަށްޓަކައި ކުރާނެ ކަންކަން ކަމަށެވެ.

މި ވާހަކަތަކާއެކު އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިއީ އަތްޖަހައި ސާބަސް ދޭންވީ ކަންކަންތޯ ސުވާލު އުފައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު