ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓާއި ރަނިންމޭޓަކީ އެއް ޕާޓީއަކުން ހޮވާ ދެބޭފުޅުންނަށް ހަދަންޖެހޭ ކަމަށާއި، ރަނިންމޭޓުގެ މަގާމަކީ ސިޔާސީ ގޮތުން "ގަނެވިއްކާ" މަގާމަކަށް ހަދައިގެން ނުވާނެ ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް އެއް ޕާޓީއަކުން ހޮވުން ކަމަށެވެ.

"އެއީ ފަހުވަގުތު ޕާޓީތަކުން ކޯލިޝަން ހަދައި ގަނެވިއްކާ މަގާމަކަށް ނުހަދަންވީ. ސިޔާސީ ގަނެވިއްކުން ހުއްޓަންޖެހޭ،" ނަސީމް ވިދާޅުވިއެވެ.

ނަފާ ނަސީމް މިފަދައިން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ތެރެއިން ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާން ކުރައްވަމުން ގެންދަވާތީ، އެކަމާ ގުޅޭގޮތުން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ޕާޓީން އިންތިޚާބަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަދައްކައި، އެއްބަސްވުންތައް ޤާއިމުކުރެވޭނެ ފުރުސަތު އޮންނަންޖެހޭ ކަމަށެވެ. އަދި ރަނިންމޭޓުކަމަކީ އެހެން ޕާޓީތަކާއެކު ކުރެވޭ މަޝްވަރާތަކުގައި ބޭނުންކުރެވޭ "ލެވަރޭޖެއް" ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

"ރަނިންމޭޓުކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަޝްވަރާތަކުގައި ލެވަރޭޖެއް. އެ ލެވަރޭޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރަން،" ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް