ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ތެރެއިން ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ ފަރާތްތަކަށް އަމާޒުކޮށް ސަސްޕެންޝަންގެ ފިޔަވަޅު އަޅަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމްއާ ދިމާކޮށް ހިންގާ މި އަމަލުތަކަކީ ސިޔާސީ ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.





މިގޮތުން، ފެނަކަ މާލޭ އޮފީހުގެ މުވައްޒަފަކު މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ މާޗް 31 އިން ފެށިގެން އެއް މަސްދުވަހަށް ސަސްޕެންޑް ކޮށްފައިވާއިރު، ހދ. ކުރިނބީ ބްރާންޗުގެ މުވައްޒަފަކު ވެސް ވަނީ މާޗް 26 އިން ފެށިގެން ވަޒީފާއިން އެކަހެރިކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ މައުލޫމާތުތަކަށް ބަލާއިރު، މި ފިޔަވަޅުތައް އަޅާފައިވަނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރުމާއި، އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ކަމަށް ބެލެވޭ މުވައްޒަފުންނަށް ބިރުދެއްކުމުގެ ގޮތުންނެވެ.

އިންތިހާބާ ދިމާކޮށް ވަކި ގޮތަކަށް ވޯޓުލުމަށް މަޖުބޫރުކުރުވައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ ކަމުގެ ޝަކުވާތައް އާންމުންގެ ތެރޭގައި އިތުރުވަމުންދާއިރު، މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ސިޔާސީ ބޭނުމަށް މުވައްޒަފުންނާ މެދު މިފަދަ ފިޔަވަޅުތައް އެޅުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު