އިންޑޮނީޝިއާގެ އުތުރު މޮލުކާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފިއެވެ.
ޓާނޭޓް ސިޓީގެ އައްސޭރިފަށާ ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރަށް އައި މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.4 ގައެވެ. މި ބިންހެލުމުގެ ސަބަބުން މިހާތަނަށް އެކަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ބިމުގެ 35 ކިލޯމީޓަރު އަޑިއަށެވެ.
ބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ފުރަތަމަ އިންޒާރު ނެރުނީ، ބިންހެލުން އައި ސަރަހައްދުން ފެށިގެން 1،000 ކިލޯމީޓަރުގެ ރޭޑިއަަސްއެއްގެ ތެރޭގައި ހިމެނޭ އިންޑޮނީޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށަށް ނުރައްކާތެރި ސުނާމީ ރާޅުތަކެއް އެރުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް، ދެ ގަޑިއިރެއްހާއިރު ފަހުން އެ އިންޒާރު ވަނީ އުވާލާފައެވެ.
މި ހާދިސާގައި މަރުވި މީހާ މަރުވެފައިވަނީ އުތުރު ސުލަވެސީ ޕްރޮވިންސްގެ މަނާޑޯ ސިޓީގައި އިމާރާތެއް ވެއްޓި އޭގެ ދަށުވެގެންނެވެ. މީގެ އިތުރުން އިތުރު މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ބައެއް ސަރަހައްދުތަކުން ކުދި ސުނާމީ ރާޅުތައް ފާހަގަކުރެވިފައިވާއިރު، އެންމެ އުސްކޮށް ރާޅު އެރި ކަމަށް ރެކޯޑު ކުރެވިފައިވަނީ 75 ސެންޓިމީޓަރަށެވެ.
އިންޑޮނީޝިއާއަކީ "ޕެސިފިކް ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ގައުމަކަށް ވުމުން، އެ ގައުމަކީ އާންމުކޮށް ބިންހެލުންތަކާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ކުރިމަތިވާ ސަރަހައްދެކެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު