ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ،
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ،
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާ، ރަށުގެ އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު މިހާރު ކޮންޓްރޯލް ކޮށްފިއެވެ.

މި ހާދިސާ ހިނގުމާއެކު ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސަރަހައްދަށް އެއްވެ، އަލިފާން ނިއްވުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައެވެ.

މި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ރޯވިތާ ދޮޅު ގަޑިއިރަށްވުރެ ގިނަ އިރުވީ ފަހުންނެވެ. އަލިފާން ނިއްވުމަށް ކުރި މަސައްކަތުން އިތުރު އިމާރާތްތަކަށް އަލިފާން ފެތުރުން ހުއްޓުވުނު ނަމަވެސް، އަލިފާން ރޯވި ބްލޮކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.





މަޢުލޫމާތު ލިބޭގޮތުގައި އެ ބްލޮކް މިހާރު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް، އަދިވެސް އެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ރަށުން ލިބޭ ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު