ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ޖުމްލަ ލޯނުގެ އަދަދަކީ 9.5 ބިލިއަން ޑޮލަރެވެ. އެއީ ރާއްޖޭގެ ގައުމީ އާމްދަނީ ޖީޑީޕީގެ 126 އިންސައްތަ އެވެ. މިޢަދަދުގެެތެރޭގައި އެކިފަރާތްތަކަށް ދެވިފަވާ ސޮވެރިންގަރަންޓީ ވެސް ހިމެނެއެވެ. މިޖުމްލަ ދަރަނީގެ ތެރެއިން 4 ބިލިއަންޑޮލަރަކީ ބޭރަށް ދައްކަންޖެހޭ ދަރަންޏެވެ. މިދަރަނީގެ ތެރެއިން މިހިނގާ 2026 ވަނައަހަރު ދައްކަންޖެހޭ ދަރަނީގެ މިންވަރަކީ ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރެވެ. ލަފާކުރެވޭގޮތުން ދައުލަތަށްލިބޭ އާމްދަނީގެ 70 އިންސައްތަ ޚަރަދުވާނީ މިލޯނުތައް ދެއްކުމަށެވެ.
މީގެތެރެއިން މިހިނގާ 2026 އެޕްރީލް މަހުގެ 8 ވަނަދުވަހަށް މުއްދަތުހަމަވާ 500 މިލިއަން ޑޮލަރުގެ އިސްލާމީސުކޫކް އިންޓަރެސްޓާއި އެކުގައި ޖުމްލަ 525 މިލިއަން ޑޮލަރު ރާއްޖެއިން މިވަނީ މިއަދު 3 އެޕްރީލް 2026 ވަނަދުވަހު ދައްކައި ޚަލާސްކޮށްފައެވެ. މިއީ ރަގަޅު ހެޔޮ ފާލެކެވެ. މިވަގުތަށް ރާއްޖެ ބަނގުރޫޓުވުމުން (ސޮވެރިން ޑިފޯލްޓަކުން) ސަލާމަތްވީއެވެ! އަދި ދުނިޔޭގެ ކުރިއަރަމުން އަންނަ އިސްލާމިކްފައިނޭންސްގެ ތާރީޚުގައި އިސްލާމިކް ބޮންޑެއް ޑިފޯލްޓްނުވެ ސަލާމަތްވީއެވެ. މިސުކޫކް ބޮންޑް ނުދެއްކުން(ނަމަ) އިސްލާމީ ފައިނޭންސްގެ އިތުބާރާ އަދި ދިވެހިރާއްޖޭގެ އިތުބާރުވެސް ގެއްލުނީހެވެ! އަލްހަމްދުލިއްލާހިއެވެ. ގައުމުގެ ބަލިހިތުގެ އެއްބްލޮކް ފިލުވުނީއެވެ. ނަމަވެސް އަދިވެސް ބައިވަރު ބްލޮކް އެބަހުއްޓެވެ.
ކުރިންވެސް ބުނިހެން މިކަމަކީ ރަގަޅުކަމެކެވެ. ނަމަވެސް.... ދިވެހިރާއްޖޭގެ ޑިފޯލްޓްޙާލަތު އަދި ނުފިލައެވެ. މުޅި ނުރައްކަލަކުން ރާއްޖެ އަދިމުޅިން ސަލާމަތެއްނުވެއެވެ. އަޑުއައްސަވާށެވެ. މިއަދު ރާއްޖެއިންއެޅި މި ބޯލްޑްފިޔަވަޅު މިކަންތައް ރަގަޅުކަމަކަށްވާނީ އިތުރުދަރަނި ނުނަގައި ކުރިއަށްއޮތް ދުވަސްތަކުގައި އެކޮނޮމީ މެނޭޖްކޮށް 2026 ގައި ދައްކަންހުރި ބާކީދަރަނިތައް ވެސް މިއަހަރުގެ ބާކީއޮތް 8 މަސްދުވަސްތެރޭގައި ދެއްކޭނެގޮތަކަށް އިގްތިސާދީ ސިޔާސަތު ބައްޓަންކޮށްގެން އެކޮނޮމީ މެނޭޖްކުރެވިއްޖިއްޔާއެވެ. އޭގެބަދަލުގައި މިކަމަކީ އިންތިޚާބަކާ ކުރިމަތިކޮށް ތާއީދުހޯދުމަށް ނުވާވަރުން ކުރިސިޔާސީ ކަމެއްކަމުގައި ވާނަމަ މިކަމުގެ ވޭނާއިހިތި ދިވެހިންނާ ވަރަށްއަވަހަށް ކުރިމަތިލާނެއެވެ!
މިހެން މިދެންނެވި އެންމެބޮޑު އެއްސަބަބަކީ ދިވެހިރާއްޖެއިން މިލޯނުތައް ދެއްކުމަށްޓަކާ ފައިސާހޯދުމަށް 2024 އިންފެށިގެން ބޭނުންކުރުމަށް ހުށަހެޅި އިގްތިސޯދީ އިސްލާހީސިޔާސަތުތަކުގެ ބައެއްސިޔާސަތު ފޭލިވެދާނެތީއެވެ. މިސާލަކަށް އާމްދަނީ އިތުރުކުރުމުގެ ނިޔަތުގައި ރާއްޖޭގެ ހުރިހައި މައިގަނޑު ޓެކްސްތަކެއް އަހަރުންއަހަރަށް ބޮޑުކުރިއެވެ. އުންމީދަކީ ބޮޑުކުރި ޓެކުހުންލިބޭ އިތުރު އާމްދަނީން ލޯނުތައް ދެއްކުމެވެ. ނަމަވެސް..
މިދިޔަ 2026 މާރޗްމަހު މިފެށުނު އީރާނު އެމެރިކާ އިޒްރޭލް ހަނގުރާމައިގެ ސަބަބުން އުންމީދުކުރި އަދަދަށްވުރެ ޓޫރިސްޓުން އައުންދަށްވެ ޓެކްސްއާމްދަނީ އެތައްގުނައެއް ދަނީ ދަށްވަމުންނެވެ. ހަމަ އެހަނގުރާމަޔާ ގުޅިގެން ތެލާއި ކާބޯތަކެއްޗާ އަދި އެހެނިހެން ބާވަތްތަކުގެ އަގުތައް އިންތިހާޔަށް ދަނީ ބޮޑުވަމުންނެވެ. ނަތީޖާއެއްގެގޮތުން ގައުމުގެ ޚަރަދުތައްދަނީ އިތުރުވަމުންނެވެ. މިހާލަތުގައި ކުރިއަށްއޮތް ތަނުގައި ގައުމު މެނެޖްކުރުމަށް އިތުރުލާރި ބޭނުންވާއިރު އެފައިސާ މިޖެހެނީ ބޭރުން ލޯނުގެ ގޮތުގައި ހޯދާށެވެ ނުވަތަ ރާއްޖެއިން ފައިސާޖަހައިގެން އިތުރަށް ފައިސާހޯދާށެވެ. މިދެކަމަކީ ވެސް އޭގެޒާތުގައި ރާއްޖޭގެ އެކޮނޮމީއަށް އިތުރު ޕްރެޝަރތަކެއް ކުރިމަތިކުރާނެ ދެކަންތަކެވެ. އޭގެތެރޭގައި މިހާރުހުރި ރިޒާވުގެމިންވަރު މާބޮޑަށްދަށްވެ، ހަނގުރާމައިގެ މިނާޒުކުޙާލަތުގައި އަސާސީތަކެތި އިމްޕޯރޓްނުކުރެވޭ ހިސާބަށް ދަތިވެދާނެއެވެ. މި 500 މިލިއަންޑޮލަރުގެ ލޯނުދައްކަން ފައިސާނެގުމުން ބޭނުންކުރެވޭ ރިޒާވުގެމިންވަރު މިހާުހުރީ ގާތްގަނޑަކަށް ދޮޅުމަހެއްހައިދުވަހުގެ އިމްޕޯރޓަށް ވާވަރަށެވެ. ހަނގުރާމައިގެ ސަބަބުން އަގުތައް އުފެލުންދާގޮތުން މިއަދަދަށް ގަނެވޭމިންވަރު ފަހަރެއްގައި މަހަކަށްވުރެ މާދަށްވެސް ވެދާނެއެވެ. ބޭރުފައިސާގެ ދަތިކަމާއެކު ލިކުއިޑިޓީގެ އިތުރު އެހެން ޕްރެޝަރތަކެއް އާދެއެވެ. އެއީ ބޭރުފައިސާގެ ބްލެކްމާރކެޓްގެ ސަބަބުން ރުފިޔާގެއަގު އިތުރަށްދަށްވެ ޑޮލަރުގަންނަންލިބޭ އަގުމަތިވެ އެތެރެއާ ބޭރުންއަންނަ އިންފްލޭޝަނަރީ ޕްރެޝަރ އިންތިހާވުމުގެ ބިރެވެ. މާނަޔަކީ 2026ގައި ދައްކަންހުރި ލޯނުތަކުގެ ބާކީ ނުދެއްކުމުގެ ބިރުބޮޑެވެ. ނުވަތަ އެލޯނުތައް ދެއްކުން ފަސްކުރުމުގެ މަރުހަލާޔަކަށް ދާންޖެހުމެވެ. މިދެކަމުގެ ވެސް ނަތީޖާއަކީ ދަރަނީގެ މިންވަރު އިތުރުވެ ޑިފޯލްޓް ސިނާރިއޯ އުވިގެން ނުދިއުމެވެ. ތެދެކެވެ މިވަގުތަށް ހަމަޖެހުމުގެ ނޭވައެއްލެވިއްޖެއެވެ އެކަމަކު އަދި އަތްޖަހާވަރެއް ނުވެއެވެ.
އަނެއް ދެރަކަމަކީ މިލޯނުތައް މިހެންއޮއްވައި ދިވެހިރާއްޖެއިން މިހާރު މިއަދުވެސް ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ޖުމްލަކޮށް ހުރިހައި ޚަރަދުތަކެއް އިތުރުވާނެގޮތަށް އިތުރުވަޒީފާތައް އުފެއްދުމާއި އިތުރު ބޮޑެތިބިޔަ މަޝްރުޢޫތައް ފައްޓަމުން ކުރިއަށް ގެންދިއުމެވެ. މިއީވެސް އެކޮނޮމީއަށް ޕްރެޝަރއިތުރުވާނެ ކަމެކެވެ. މިދެކަންތައް އެއްކޮށްލާފިނަމަ އަސްލުހަގީގަތުގައި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ލޯނުތައް މިގޮތަށް ދެއްކުމަކީ ވަރަށް ޙައްސާސްކަމަކަށް ވެސް ވެދާނެއެވެ.
ކޮންމެއަކަސް މިއަދު 500 މިލިއަންޑޮލަރުގެ މިލޯނު އޭގެމުއްދަތަށް ދެއްކުނުކަމުގައި ވިޔަސް އަދިވެސް މިއަހަރު ރާއްޖެއިން ދައްކަންޖެހޭ ގާތްގަނޑަކަށް 600 މިލިއަނެއްހައި ޑޮލަރުގެ އިތުރުލޯނުތައް އެބަހުއްޓެވެ. އޭގެތެރޭގައި ޗައިނާ، އިންޑިއާ އަދި ބައިނަލްއަގްވާމީ އިދާރާތަކަށް ދައްކަންޖެހޭ ލޯނުތައްވެސް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ އެތެރޭގެދަރަނިތައް ވެސް ބައިވަރެވެ. އެހެންކަމުން ހަމަކޮންމެދުވަހަކީ ވެސް ވިސްނާފިކުރުކުރަންޖެހޭ ދުވަހެކެވެ. އުންމީދަކީ ދިވެހި ވެރިންނާއި ދިވެހިރައްޔިތުން މިކަން ދެނެގަނެ މިކަމުން ސަލާމަތްވެވޭނެ ގޮތަކަށް ގައުމުގެ ސިޔާސަތުތައް ބައްޓަންކޮށްގެން ކުރިއަށްދިއުމެވެ. ދިވެހިރާއްޖެއަށް ދެރަގޮތެއްވާކަށް އެއްވެސްމީހަކު ނޭދޭނެއެވެ. ސަބަބަކީ ގައުމަށްވާ ކޮންމެ ގެއްލުމަކީ ރައްޔިތުންނަށްލިބޭ ގެއްލުމެކެވެ. އަދި އޭގެއަނެއްކޮޅުވެސް ސައްހައެވެ. ރައްޔިތުންނަށް ލިބޭކޮންމެ ގެއްލުމަކީ ގައުމަށްލިބޭ ގެއްލުމެކެވެ. މާތްﷲ ހެޔޮގޮތް މިންވަރުކުރައްވާށިއެވެ.
ލިޔުނީ: މުހައްމަދު ނަސީމު (ނަފާނަސީމު)

ކިޔުންތެރިންގެ ހިޔާލު