އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެ، ހަނގުރާމައެއްގެ ބިރުވެރިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގެ ބެލްކަނީގައި ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ނާޒުކު ހާލަތެއް އޮތް ނަމަވެސް، ރައީސް ޓްރަމްޕް ވަރަށް ހަމަޖެހިލައިގެން ހުންނަވައި އުފާފާޅުކުރައްވާ މަންޒަރެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މެދުއިރުމަތީގެ މަޝްރަހު ގޯސްވެ، އެމެރިކާގެ ސިފައިންނާއި މަސްލަހަތުތަކަށް ނުރައްކާ އޮތް ވަގުތެއްގައި ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން މިފަދަ "ޒިންމާދާރުކަން ކުޑަ" އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ މި ހާލަތުގައި ރައީސް އިސްކަންދޭންވީ މަޝްރަހު ފިނިކުރުމަށް ކަމަށް ބުނެފައެވެ.
ނަމަވެސް، ޓްރަމްޕްގެ ސަޕޯޓަރުން ދަނީ މި ވީޑިއޯ ދިފާއުކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި މިއީ ރައީސްގެ ކިބައިގައި ހުރި ސާބިތުކަމާއި، އެއްވެސް ބިރެއް ނެތްކަން ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ ހާސްކަމުގެ ތެރޭގައި ވެސް ރައްޔިތުންނަށް އުންމީދާއި ހިތްވަރު ދިނުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

JUST IN: 🇺🇸🇮🇷 US President Trump dances after delivering a speech. pic.twitter.com/SfN6pfGGem
— BRICS News (@BRICSinfo) March 27, 2026
މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މެދުއިރުމަތީގެ މަޝްރަހު ގޯސްވެ، އެމެރިކާގެ ސިފައިންނާއި މަސްލަހަތުތަކަށް ނުރައްކާ އޮތް ވަގުތެއްގައި ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން މިފަދަ "ޒިންމާދާރުކަން ކުޑަ" އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ މި ހާލަތުގައި ރައީސް އިސްކަންދޭންވީ މަޝްރަހު ފިނިކުރުމަށް ކަމަށް ބުނެފައެވެ.
ނަމަވެސް، ޓްރަމްޕްގެ ސަޕޯޓަރުން ދަނީ މި ވީޑިއޯ ދިފާއުކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި މިއީ ރައީސްގެ ކިބައިގައި ހުރި ސާބިތުކަމާއި، އެއްވެސް ބިރެއް ނެތްކަން ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ ހާސްކަމުގެ ތެރޭގައި ވެސް ރައްޔިތުންނަށް އުންމީދާއި ހިތްވަރު ދިނުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު