ރ. އަލިފުށީ އައިރިސްގޭގައި އަލިފާން ރޯވެގެން، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ނައިފަރު ފަޔާ ސްޓޭޝަނުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ އެގޭގައި އަލިފާން ރޯވެ ބޯކޮށް ދުން އަރަމުންދާ މަންޒަރެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުން އެގޭގައި އަލިފާން ރޯވެ މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.



އަލިފާން ނިއްވާލާފައި


މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.



މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެގެއަކީ ދިވެހި ޢާއިލާއެއް ދިރިއުޅެމުންދިޔަ ގެއެކެވެ.

އަލިފުށީގައި އަލިފާން ރޯވެފައިވާއިރު، ރޭގެ ވަގުތެއްގައި ގއ. ވިލިނގިލީ ތައުލީމީ މަރުކަޒުގައި ވެސް ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.



ކިޔުންތެރިންގެ ހިޔާލު