ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު 2026 އޮބްޒާވްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗް.އާރު.ސީ.އެމް) ގެ ބޮޑު ޓީމެއް ހަރަކާތްތެރިވަމުންދާކަން އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
އެޗް.އާރު.ސީ.އެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރުމަށްޓަކައި މާލޭގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގެ 21 ރަށެއްގައި އެ ކޮމިޝަނުގެ 78 މުވައްޒަފުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ވޯޓުލާ މަރުކަޒުތަކުގައި ކުރިއަށްދާ ކަންކަން އޮބްޒާވްކުރުމުގެ މަސައްކަތް މިއަދު ހެނދުނު 6:30 އިން ފެށިގެން ކުރިއަށްދާކަން ފާހަގަކުރަމުން އެ ކޮމިޝަނުން ބުނީ، ވޯޓުލާ ނިމެންދެން މުވައްޒަފުން އެ ސަރަހައްދުތަކުގައި މަސައްކަތް ކުރާނެ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގައި އެކި ގަޑިތަކަށް ބަހާލައިގެން ޖުމްލަ 208 ވޯޓުފޮށްޓެއް އޮބްޒާވްކުރާނެ ކަމަށާއި، އަތޮޅުތެރޭގެ ރަށްތަކުގައި ހުރި 104 ވޯޓުފޮށްޓެއްގެ ކަންކަންވެސް ކައިރިން ބަލަމުންދާނެ ކަމަށް އެޗް.އާރު.ސީ.އެމް އިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ގައިދީންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް ލިބިދޭކަން ކަށަވަރުކުރުމުގެ ގޮތުން ކ. މާފުށީ ޖަލުގައިވެސް އެ ކޮމިޝަނުގެ އޮބްޒާވަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެކޮމިޝަނުން ބުނިގޮތިގައި މިއަދު ވޯޓުގެ ކަންކަން ކުރިއަށްދާގޮތް އޮބްޒާވްކުރުމުގެ މަސައްކަތަކީ އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ފަދަ މާހައުލެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު