މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ހެނދުނުއްސުރެ ވޯޓުލާ މަރުކަޒުތަކުން ފެންނަނީ ވަރަށް ހަރަކާތްތެރި މަންޒަރެކެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 10:00 އާ ހަމައަށް ޖުމްލަ 41,162 މީހުން ވަނީ ވޯޓުލާފައެވެ.
މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ 13.96 އިންސައްތައެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ގިނައީ ފިރިހެންނުން ކަން ފާހަގަކުރެވެއެވެ. އެގޮތުން 24,996 ފިރިހެންނުން ވޯޓުލާފައިވާއިރު، އަންހެނުން ތެރެއިން ވޯޓުލާފައިވަނީ 16,166 މީހުންނެވެ.
އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާއިރު، އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަގުތުން ވަގުތަށް ވޯޓުލާ މީހުންގެ އަދަދުތައް ހާމަކުރަމުންނެވެ. ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރަނީ ވީހާވެސް އަވަހަކަށް ވޯޓުލާ މަރުކަޒުތަކަށް ވަޑައިގެން، ވޯޓުލުމުގެ ހައްޤު އަދާކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު