މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގެ އިންތިޒާމުތައް ހުރި ގޮތުން، އިލެކްޝަންސް ކޮމިޝަނަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ އިންތިހާބާ ގުޅޭގޮތުން "ރަސް" އަށް ދިން އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ބޭއްވުނު އިންތިހާބުތަކަކީ އާންމުގޮތެއްގައި އިންސާފުވެރި އިންތިހާބުތަކެއް ކަމަށެވެ. އެހެންނަމަވެސް، މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ވޯޓުލާ މީހުންގެ ހައްގުތައް ވަރަށް ބޮޑަށް ގެއްލޭ ގޮތަށް ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.
"އެގޮތުން ރާއްޖެއިން ބޭރުގައި ފޮށިތައް ނުބަހައްޓަން ނިންމި ނިންމުމަކީ ބައެއްގެ ގާނޫނީ ހައްގު ހަމަ ނިގުޅައިގަތުން. އިލެކްޝަންސް ކޮމިޝަނަކަށް ނުނިންމޭނެ 100 މީހުންތޯ ނުވަތަ 200 މީހުންތޯ ވޯޓުލާން ތިބޭނީކީ. ވޯޓުލާ މީހާ އެމީހާ ބޭނުންތަނެއްގައި ހުރެފައި ވޯޓުލާން ބޭނުމިއްޔާ ވޯޓުލެވޭ ގޮތް ހެދުމަކީ އެއީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކުރާ ކަމެއް،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މެލޭޝިއާ، ސިލޯން އަދި އިންޑިއާ ފަދަ ގައުމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު، އެމީހުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެއެވެ. އަދި މި އިންތިހާބަށް ބޭނުންވާ ބަޖެޓު ދައުލަތުން ފޯރުކޮށްދީފައިވާތީ، ވޯޓު ފޮށިތައް ނުބެހެއްޓުމަކީ ގަސްތުގައި ބައެއްގެ ހައްގުތަކަށް އަރައިގަތުމަށް ކުރި މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ވޯޓުލުމަށް ބޭނުންކުރާ ކަރުދާސްތަކުގެ އިންތިޒާމު ހުރި ގޮތާމެދު ވެސް ނިޒާރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. "ތިން ވޯޓެއް ލާންޖެހޭއިރު، ކުލަ ތަފާތުނުކޮށް ތިން ކަރުދާސް ދޫކުރުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާނެ ކަމެއް ނޫން. މިއީ އުމުރުން ދުވަސްވީ މީހުންނަށް އޮޅުންބޮޅުން އަރާނެ ކަމެއް. އަދި ވޯޓު ފޮށިތަކުގައި ހުރި ލިޔުންތައް ވެސް ހުރީ އާންމު މީހަކަށް ކިޔަން އުނދަގޫވާ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ އޭނާ އަމިއްލައަށް ވޯޓުލާން ދިޔުމުން ވެސް ފޮށި ވަކިކުރުމަށާއި ކަންކަން ކުރުމަށް ވަރަށް އުނދަގޫވި ކަމަށެވެ. މިއީ އިންތިހާބީ ނިޒާމުގައި ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށާއި، މިފަދަ ބޭއިންސާފު ކަންކަމަށް ރައްޔިތުން ފުރުސަތު ދީގެން ނުވާނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މިކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު