ގިނަ ބަޔަކު ވޯޓު ލާން ކިއު ހަދާފައި
ގިނަ ބަޔަކު ވޯޓު ލާން ކިއު ހަދާފައި
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ހެނދުނުއްސުރެ ވޯޓުލާ މަރުކަޒުތަކުން ފެންނަނީ ވަރަށް ހަރަކާތްތެރި މަންޒަރެކެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 12:00 އާ ހަމައަށް ޖުމްލަ 62083 މީހުން ވަނީ ވޯޓުލާފައެވެ.

މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ 21.05 އިންސައްތައެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ގިނައީ ފިރިހެންނުން ކަން ފާހަގަކުރެވެއެވެ. އެގޮތުން 33245 ފިރިހެންނުން ވޯޓުލާފައިވާއިރު، އަންހެނުން ތެރެއިން ވޯޓުލާފައިވަނީ 28838 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު