މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރެފަރެންޑަމް ވޯޓުގެ ކަންކަން ރޭވިފައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނަށް އާންމުންނާއި ސިޔާސީ ފަރާތްތަކުގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެ، މުޅި އިންތިޚާބުގެ އިތުބާރާމެދު ސުވާލު އުފެދޭ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ.
އިންތިޚާބުގެ އިންތިޒާމުތަކުގެ ތެރެއިން އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ، މީގެ ކުރީގެ އިންތިޚާބުތަކާ ޚިލާފަށް، ވޯޓު ފޮށިތައް މޭޒުމަތީގައި ބެހެއްޓުމުގެ ބަދަލުގައި ތަޅުންމަތީގައި ބަހައްޓާފައި ހުރުމެވެ.
މި ނިންމުމުގެ ސަބަބުން ވޯޓުލާން އަންނަ އާންމުންނަށް، ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓު ކަރުދާސް ފޮށްޓަށް ލުމަށާއި، ފޮށީގައިވާ ލޭބަލްތައް ކިޔައި ވަކިކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.
ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ވޯޓުލާ މީހުންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ، އަދި އިންތިޚާބީ މަރުކަޒުތަކުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތަކާ ޚިލާފު ކަމެކެވެ. މީގެ އިތުރުން، ބައެއް މަރުކަޒުތަކުގައި އިންތިޒާމުތައް ދޯހަޅިވުމުގެ ސަބަބުން ވޯޓުލުން މެދުކަނޑާލަން ޖެހުނު ނަމަވެސް، އަލުން ވޯޓުލާން ފެށިއިރުވެސް އާންމުން ފާހަގަކުރި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާތީ އެކަމުގެ ނުރުހުން ދަނީ އިތުރުވަމުންނެވެ.
ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ބޭފުޅުންނާއި ކުރީގެ މަޖިލިސް މެންބަރުން ވެސް ވަނީ އިލެކްޝަންސް ކޮމިޝަންގެ މި އަމަލުތަކަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގަށް އެޅޭ ހުރަހެއްގެ ގޮތުގައި ފާހަގަ ކުރަށްވާފައެވެ.
އެގޮތުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، މިފަދަ މުހިންމު އިންތިޚާބެއް ބާއްވާއިރު އާންމުން ހޭލުންތެރި ކުރުވުމަށް ކޮމިޝަނުން އެދެވޭ މަސައްކަތެއް ކޮށްފައި ނުވުމަކީ ބޮޑު އިހުމާލެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް، ރެފަރެންޑަމް ވޯޓު ކަރުދާސް ފަރުމާކޮށްފައިވަނީ އާންމު ރައްޔިތުންނަށް އޮޅުން އަރާފާނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވެ، އެއީ ނަތީޖާއަށް ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ތުހުމަތު ކުރަށްވާފައެވެ.
ހަމައެއާއެކު، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ، ދައުލަތުން ބޮޑު ބަޖެޓެއް މިއިންތިޚާބުތަކަށް ހޭދަކުރާއިރު، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާފައި ނުވުމަކީ ގަސްތުގައި ބައެއްގެ ދުސްތޫރީ ހައްގުތައް ހަނިކުރުން ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން، ވޯޓުލާ މަރުކަޒުތަކުގެ ތެރޭގައި ހިނގަމުންދާ އިދާރީ އުސޫލުތަކާ މެދުވެސް ވަނީ ގާނޫނީ ސުވާލުތަކެއް އުފެދިފައެވެ.
ކުރީގެ މަޖިލީސް މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ، ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުން ވޯޓުލާ މީހުން ގާތު "ބޭނުންވަނީ ކިތައް ކަރުދާސްތޯ" އެހުމަކީ ސީދާ ގާނޫނީ ކުށެއް ކަމަށެވެ. އެއީ ކޮންމެ މީހަކަށްމެ ލިބިދޭ ވޯޓުލުމުގެ ފުރުސަތު ހަނިކުރުމަށް ހިންގާ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މިކަންކަމާ ގުޅިގެން "ރަސް" އޮންލައިނުން ވަނީ ވޯޓު ލާން ގޮސް ތިބި ބައެއް އާންމުންނާއި ސުވާލު ކޮށްފައެވެ. އެމީހުން ބުނަނީ މިހާ ހޫނު ގަދަ ދުވަހަކު ރައްޔިތުންނަށް ތަކުލީފު އިތުރަށް ނުޖެހޭ ގޮތަށް އިންތިހާބުގެ ކަންކަން ހުރުން ކޮންމެހެން މުހިންމު ކަމަށެވެ.
މި ހުރިހާ މައްސަލަތަކެއް އެއްކޮށްލުމުން ފެންނަ މަންޒަރަކީ، ރާއްޖޭގައި މިނިވަން މުއައްސަސާތަކުގެ ބާރު ކެނޑި، މުސްތަގިއްލުކަން ގެއްލިފައިވާ މިންވަރު ކަމަށް ކުރީގެ މަޖިލީސް މެންބަރު އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ. އޭނާގެ ނަޒަރުގައި، މިއަދުގެ އިންތިޚާބުން ފެންނަމުންދާ މިފަދަ "ދޯހަޅި" އިންތިޒާމުތަކަކީ ގައުމުގެ މިނިވަން މުއައްސަސާތައް އިސްލާހުކުރަން ޖެހިފައިވާކަމުގެ އަލިގަދަ ހެކިތަކެކެވެ.
މި ހުރިހާ ފާޑުކިއުންތަކަކާއެކު، އިލެކްޝަންސް ކޮމިޝަނަށް ވަނީ އިންތިޚާބުގެ އިންސާފުވެރިކަން ކަށަވަރުކޮށްދިނުމަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު