މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ވޯޓުލާ މަރުކަޒަށް ގޮސް ވޯޓުލުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބޭނީ އެންމެ ފަހަރަކު ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ، ވޯޓުލާ މަރުކަޒަށް ގޮސް އެއް އިންތިހާބަކަށް ވޯޓުލުމަށްފަހު، މަރުކަޒުން ބޭރަށް ނުކުމެއްޖެނަމަ، ދެން ހުރި އިންތިހާބުތަކަށް ވޯޓުލުމުގެ ފުރުސަތު ފަހުން ނުލިބޭނެ ކަމަށެވެ.
"ވޯޓުލާ މަރުކަޒުން ނުކުމެފައި ދެވަނަ ފަހަރަކަށް ގޮސްފައި ވޯޓުލާކަށް ނުލިބޭނެ. އޭރަށް އޮންނާނީ ހަމަ އިނގިލީގެ ފާހަގަ ޖަހައި ސިސްޓަމްގައި ހުރިހާ އެއްޗެއް ކައުންޓުކޮށް ނިމިފައި،" ސޮލާހު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެއް އިންތިހާބެއްގައި ވޯޓުލުމަށްފަހު މަރުކަޒުން ނުކުތުމަށްފަހު، ފަހުން ހިޔާލު ބަދަލުވެގެން ހުރިހާ އިންތިހާބެއްގައި ވޯޓުލާން ބޭނުންވިޔަސް އެ ފުރުސަތެއް ނޯންނާނެއެވެ.
މިއަދު ކުރިއަށްދާ ވޯޓުލުމުގައި ޖުމްލަ ތިން ކަރުދާސްކޮޅެއް ވޯޓުލާ މީހުންނަށް ދޫކުރާނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގެ ވޯޓު ކަރުދާހުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނަގާ ރެފެރެންޑަމްގެ ވޯޓު ކަރުދާހެވެ.
އީސީން ހާމަކުރި ގޮތުގައި، ވޯޓުލާންދާ މީހަކަށް އެ މީހަކު ބޭނުންވާ އިންތިހާބަކަށް އެކަނި ވޯޓުލުމުގެ އިހުތިޔާރު ލިބިގެންވެއެވެ. މިގޮތުން ވަކި އިންތިހާބަކަށް ވޯޓުލާން ބޭނުން ނުވާނަމަ، އެމީހަކު ވޯޓުނުލާ އިންތިހާބު މަރުކަޒުގައި އިއުލާން ކުރަންޖެހޭނެއެވެ.
މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 އާ ހަމައަށެވެ. ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގައި ޖުމްލަ 1,592 ކެންޑިޑޭޓުން ވާދަކުރާއިރު، މިއަދު ކުރިއަށްދާ އިންތިހާބުތަކަކީ ރާއްޖޭގެ އިދާރީ ހިންގުމާއި ޑިމޮކްރަސީގެ ކުރިމަގަށް ނުހަނު މުހިންމު އިންތިހާބުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު