މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރު 14:00 އާ ހަމައަށް ޖުމްލަ 131947 މީހުން ވަނީ ވޯޓުލާފައެވެ.
މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ 44.75 އިންސައްތައެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ގިނައީ ފިރިހެންނުންކަން ފާހަގަކުރެވެއެވެ. އެގޮތުން 68772 ފިރިހެނުން ވޯޓުލާފައިވާއިރު، އަންހެނުން ތެރެއިން ވޯޓުލާފައިވަނީ 63175 މީހުންނެވެ.
މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ދަނީ ކުރިއަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު