މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު (ރިފަރަންޑަމް) ގައި ވޯޓުލުމުގެ ވަގުތު، ހަވީރު 17:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން ވޯޓުލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އަށެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މީގެ އިރުކޮޅެއް ކުރިން ވަނީ ހަވީރު 17:00 އާ ހަމައަށް ވޯޓު ލުމުގެ ވަގުތު އިތުރުކުރަން ނިންމާފައިވާކަމަށް ބުނެފައެވެ.
އީސީން މީސްމީޑިއާގައި ބުނެފައިވަނީ، މި ވަގުތު އިތުރުކުރަން ނިންމީ މިއަދު މޫސުން ހޫނުގަދަވުމުގެ ސަބަބުން ކިއުތައް ދިގުވެ، ގިނަ ބަޔަކަށް ވޯޓުލުމަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން ކަމަށެވެ. އެހެންވެ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށްޓަކައި ހަވީރު 5:00 އާ ހަމައަށް ވަގުތު އިތުރުކުރީ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރުފަހު 14:00 އާ ހަމައަށް ޖުމްލަ 131،947 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 44.75 އިންސައްތައެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން 68،772 ފިރިހެނުން ވޯޓުލާފައިވާއިރު، އަންހެނުންގެ ތެރެއިން ވޯޓުލާފައިވަނީ 63،175 މީހުންނެވެ.
މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ނުހަނު މުހިންމު އިންތިޚާބަކަށް ވާއިރު، ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކުރައްވައެވެ.
މި އިންތިޚާބުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ވޯޓުލުން ބަންދުކުރުމަށްފަހު، ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ވަގުތުން ކުރިއަށްދާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު