މިއަދު ކުރިއަށްދިޔަ ވާދަވެރި ތިން އިންތިޚާބެއްގެ ވޯޓުލުމުގެ ވަގުތު ހަމަވެ، ހަވީރު 5:00 ޖެހުމާއެކު ވޯޓުލާ ސަރަޙައްދުތަކުގެ ކިޔޫތައް ބަންދުކޮށްފިއެވެ.
މިއަދު ކުރިއަށްދިޔައީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް ވޯޓުލުމެވެ.
މުޅި ރާއްޖޭގައި ކުރިއަށްދިޔަ މި އިންތިޚާބުތަކުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ނިންމާފައި އޮތީ ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ފަހުން އެ ކޮމިޝަނުން ވަނީ ވޯޓުލާ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,876 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރެއިން ހަވީރު 4:00 އާ ހަމައަށް ވޯޓުލާފައިވަނީ 185,709 މީހުންނެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އާބާދީގެ 62.98 އިންސައްތައެވެ.
މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ނުހަނު މުހިންމު އިންތިޚާބަކަށް ވާއިރު، ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކުރައްވައެވެ.
ވޯޓު ފޮށިތައް ބަންދުކުރުމަށްފަހު، މިހާރު ކުރިއަށްދަނީ ވޯޓު ގުނުމުގެ ތައްޔާރީތަކެވެ. އީސީން ބުނެފައިވަނީ ވޯޓުލާ ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު