ހުޅުމާލޭ ފޭސް 3 ގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފޭސް 3 ގައި ކުރިން މީހުން އުޅުނު އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު ހަވީރު 17:12 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައި ވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެކޮމިޑޭޝަން ބްލޮކުގައި އަލިފާން ރޯވެ އަނދަމުން ދާއިރު، އެ ސަރަހައްދުގައި ވަރަށް ބޮޑަށް ކަޅު ދުމުގެ އަސަދުހުރިކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުންނާއި ފޮޓޯތަކުން ފެނެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު