މިއަދު ކުރިއަށް ގެންދިޔަ ވާދަވެރި ތިން އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު، ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ފޮށްޓެއް ގުނުމުގައި ދިމާވި މައްސަލައެއް ހައްލުނުވެ، މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ހެންވޭރު ހުޅަނގު 4 ވަނަ ވޯޓު ފޮށި ގުނުމުގައި މައްސަލަ އުފެދިފައިވަނީ، ވޯޓުގެ ސައްހަކަން ކަނޑައެޅުމުގައި ފޮށީގެ ވެރިޔާ އަމަލުކުރަމުންދާ ގޮތާ މެދު ކެންޑިޑޭޓުންގެ މަންދޫބުންނާއި އާންމުން ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު މާޒް ސަލީމް ވިދާޅުވީ، މަސްލަހަތު ގޯސްވެގެން އުޅެނީ ފޮށީގެ ވެރިޔާ އޭނާ ބޭނުންވާ ގޮތަށް ވޯޓު ގުނާތީ ކަމަށެވެ. މާޒް ސަލީމް ވިދާޅުވީ، މޭޔަރު ހޮވުމަށް ދީފައިވާ ވޯޓު ސައްހަވެފައި، އެ ކަރުދާހުގެ ތިރީގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ބައިގައި ފާހަގައެއް ޖަހާފައި ނެތް ނަމަ، މުޅި ކަރުދާސް ބާތިލުކުރާނެ ކަމަށް ފޮށީގެ ވެރިޔާ ބުނަމުންދާ ކަމަށެވެ. ނަމަވެސް އެހެން އެއްވެސް ފޮށްޓަކުން މިފަދަ ވޯޓުތައް ބާތިލު ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އިސްލާމިކް ޔުނިވާސިޓީގައިވެސް ހަމަ މި މައްސަލަ ޖެހިގެން އިލެކްޝަންސް ކޮމިޝަނަށް ގުޅައިގެން އެމީހުން ބުނީ ރަނގަޅޭ، އެގޮތަށޭ ގެންދަންވާނީ، ބާތިލެއް ނުވާނެއޭ. އެކަމަކު މި މީހުން ގޮތެއް ދުލެއް ނުކުރޭ،" މާޒް ސަލީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ފޮށިތައް ގެނެސް ހުސް ވޯޓު ކަރުދާސްތަކެއްގެ މައްޗަށް އެޅުމަކީ އޮޅުވާލަން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލައިގައި މަސްލަހަތު ބޮޑުވެ، ގިނަ އަދަދެއްގެ ފުލުހުން މިހާރު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. މާޒް ސަލީމް ވިދާޅުވީ ހުރިހާ ޕާޓީއެއްގެ މަންދޫބުންވެސް އެއްގޮތަކަށް ވާހަކަ ދައްކަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީ ވެވޭވަރުގެ މީހަކު އެތަނަށް ފޮނުވަން ޖެހޭ ކަމަށެވެ. އަދި އިންތިޚާބުގެ ގަވާއިދުގައި ކަން އޮތްގޮތް ސާފުކޮށް އެނގެން އޮތްއިރު، ފޮށީގެ ވެރިޔާއަށް އެކަން ނޭނގުމަކީ ބޮޑު މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ރައްޔިތުން ރުޅި އައިސްގެން ހަޅޭއްލެވީމަ ހަޅޭއްލަވާ ވާހަކަ އެބުނަނީ. ރައްޔިތުން ހައްތަހާވެސް ހިތްހަމަނުޖެހިގެން އަޑުގަދަ ކުރާނީއެއްނު؟ އެމީހުންގެ ހައްގެއް ދޯ މިއީ،" މާޒް ސަލީމް ވިދާޅުވިއެވެ.
މިފަދަ މައްސަލައެއް ވިލިމާލޭގެ ވޯޓު ފޮށްޓެއްގައިވެސް އުޅޭ ކަމުގެ މައުލޫމާތު ރަސްއަށް ވަނީ ލިބިފައެވެ.
މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ސޮލާހު ވިދާޅުވީ، މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެއްގެ ސައްހަ/ބާތިލް ގުނުމުގެ މައްސަލައެއް ދިމާވެގެން އުޅޭތީ، އެ މައްސަލަ ކޮމިޝަނުން މިހާރު ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު