އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެއްވެސް ހެއްކެއްނެތި އެމެރިކާގެ ރައީސް ޓްރަމްޕް ކޮވިޑް ވައިރަހުން ދިފާޢު ވެވަޑައިގެންފައިވާ ކަމަށް ވިދާޅުވުމުން، މީސްމީޑިޔާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑް ޖެހިވަޑައިގެން ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، މާގިނަ ދުވަސް ތަކެއްނުވެ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަތުމުން ކުރިމަތިވި ފާޑުކިޔުންތަކަށް އަމާޒުކޮށް، ޓްވިޓާގައި ރަށްދު ދެއްވަމުންނެވެ.

ޓްރަމްޕްގެ ޓްވީޓްގައި ކޮވިޑުން ސަލާމަތްވެ ކޮވިޑް ވައިރަހަށް އިމިއުން ވެވަޑައިގެންފިކަމަށާއި، އަދި ދެވަނަ ފަހަރަށް ކޮވިޑް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، ޓްރްމްޕްގެ ފަރާތުން އިތުރު މީހަކަށް ކޮވިޑް ނުޖެހޭނެ ކަމަށްވެސް ޓްރަމްޕް ލިޔުއްވާފައިވެއެވެ.

ޓްރަމްޕްގެ ޓްވީޓް އާމެދު ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، ކޮވިޑަށް އެއްވެސް މީހަކު އިމިއުންވުމުގެ ހެއްކެއް މިހާތަނަށް ނެތުމުން، ކޮވިޑާއި ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާކަމަށް ބުނެ ޓްރަމްޕްގެ ޓްވީޓް އަށް ފާޑުކިޔައިފައިވެއެވެ.

މިކަމާ ގުޅޭގޮތުން ޓްވިޓާ އިން ނެރެފައިވާ ބަޔާނެއްގައި، ޓްވިޓާ ބޭނުންކޮށްގެން ކޮވިޑާއި ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ، ޓްވިޓާއިން ކޮވިޑްގެ މައުލޫމާތު ފެތިރުމާ ބެހޭގޮތުން ގެންގުޅޭ ސިޔާސަތުތަކާއި ހިލާފު ކަމެއްކަމަށް ބުނެފައިވެއެވެ. އެހެން ކަމުން ޓްރަމްޕްގެ ޓްވީޓަށް ލައިކްދީ އަދި ރީޓްވީޓް ވެސް ނުކުރެވޭ ގޮތަށް ވަނީ ހަދާފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލީގެ އަލާމާތްތައް ފެނުމާއެކު ވަލްޓަރ ރީޑް ހޮސްޕިޓަލުގައި އެޑްމިޓްވެ ވަޑައިގެންފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާލުކޮޅު ރަނގަޅުވެ، 3 ދުވަހަށްފަހު ގެއަށް ވަޑައިގަންނަވައިފައިވަނީ ހުސްވި ހަފްތާގެ މެދުތެރޭގައެވެ.

ޓްރަމްޕް ގެ އަމަލްތައް ބަހައްޓަވާ ގޮތުން ޓްރަމްޕް ކޯވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުންވެސް، ކޮވިޑްގެ ނުރައްކާތެރިކަން ގަބޫލު ނުކުރައްވާކަމަށް ބުނެ ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން