ކުރީގެ ނޫސްވެރިޔާ ވިސާމް
ކުރީގެ ނޫސްވެރިޔާ ވިސާމް
ހދ. ކުރިނބީ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބު، ސިޔާސީ ބޮޑު ދެ ޕާޓީ ބަލިކުރުމަށްފަހު އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ނޫސްވެރިޔާ އަލީ ވިސާމް ކާމިޔާބު ކުރައްވައިފިއެވެ. މި އިންތިހާބުގައި ވިސާމް ވަނީ ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯއްދަވާފައެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު، ވިސާމަށް 234 ވޯޓު ލިބިވަޑައިގެންފައިވާއިރު، މިއީ ވޯޓުލީ އާބާދީގެ ގާތްގަނޑަކަށް 46.56 އިންސައްތައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ މުހައްމަދު ސިޔާހަށް ލިބުނީ 130 ވޯޓެވެ. އަދި މިހާރުވެސް ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ޕީއެންސީގެ ކެންޑިޑޭޓް އަސްލަމަށް ލިބިވަޑައިގަތީ 128 ވޯޓެވެ.

އަމިއްލަ ގޮތުން ނުކުމެ ވިސާމް ހޯއްދެވި މި ކާމިޔާބީއަކީ އިންތިހާބުގައި އޭނާ ކުރިއަށްގެންދިޔަ ވަރުގަދަ ކެމްޕޭނުގެ ނަތީޖާކަން ފާހަގަކުރެވެއެވެ. މި ނަތީޖާއާއެކު ކުރިނބީ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ ރައީސްކަން އަމިއްލަ މެންބަރަކަށް މިވަނީ ކަށަވަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު