ނ. މަނަދޫގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ތެރޭގައި، ވެރިކަންކުރާ ޕީއެންސީން ވަގު ވޯޓު އެޅިކަން ފާޅުވެ ބޮޑު ގޮތްނޭނގޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލާގައި މަނަދޫ ގައި މުޒާހަރާވެސް ކޮށްފައިވެއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ ޕީއެންސީ މަނަދޫ ދާއިރާގެ ނައިބު ރައީސް އަލީ މާޖިދަށެވެ. މާލޭގެ ރަޖިސްޓްރީގައި އޮންނަ މާޖިދު ވޯޓުލުމަށް މާފަންނު މެދު ދާއިރާގެ ކަރުދާސް ފޮނުވާފައި އޮތް ނަމަވެސް، އޭނާ އެ ކަރުދާހުގައި އަތްނުލައި މަނަދޫގައި ވޯޓުލާފައިވާކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް ވެސް ފާހަގަކުރެވިފައިވާ ގޮތުގައި، މަނަދޫގައި ވޯޓުލާން ހަމަޖެހިފައިވާ މީހުންގެ އަދަދަށްވުރެ އިތުރަށް އެކަކު ވަނީ ވޯޓުލާފައެވެ.
މިކަމާއި ގުޅިގެން "ރަސް އޮންލައިން" އިން ސުވާލު ކުރުމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް ވިދާޅުވީ އެފަދަ މައްސަލަ އެއް ލޮޖް ކޮށްފައިވާ ކަމަށެވެ.
މި ވަގު ވޯޓުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އައިސްފައިވާއިރު، އެންމެ ވޯޓެއްގެ ތަފާތުން އަންހެނުންގެ ކޮމިޓީގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓެވެ. މި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން، އެމްޑީޕީން ވަނީ އެ ދާއިރާގެ ނަތީޖާ ބާތިލްކޮށް، އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު