މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން، ދިވެހިރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ދައުލަތުން އަޅަމުންދާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް މިރޭ ވަނީ، 7 އެޕްރީލް 2026 އިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް އެ އޮފީހުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖައްސާފައެވެ.
މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާއި، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމާއި، ކަރުދާސް ބޭނުންކުރުން މަދުކުރުމުގެ އިތުރުން އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުމެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އަންގާރަ ދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރި ނަމަވެސް، އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް ކުރުމަށް މުވައްޒަފުން ހާޒިރުވާނެއެވެ. އަދި ކޯޓު އަޑުއެހުންތަކަށް އެ އޮފީހުގެ ވަކީލުން ގަވާއިދުން ހާޒިރުވަމުން ގެންދާނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން، އޮންލައިންކޮށް ބޭއްވުމުން އެދެވޭ ނަތީޖާއެއް ނުލިބޭނެ ފަދަ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެއެވެ.
ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި އިރުއޮއްސި 18:00 އަށް އަވަސްކުރުމަށް ވަނީ ނިންމާފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ޑިޖިޓަލް ސިޔާސަތުގެ ދަށުން، މި މުއްދަތުގެ ތެރޭގައި ކަރުދާސް ބޭނުންކުރުން މަދުކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލުތަކުގެ ސަބަބުން އާންމުންނަށް ނުވަތަ އެހެނިހެން އިދާރާތަކަށް ދޭ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ޕީޖީ އޮފީހުން ވަނީ ދީފައެވެ. އަދި އޮންލައިން ވަޞީލަތްތައް މެދުވެރިކޮށް ޚިދުމަތް ހޯއްދެވުމަށް އެންމެހައި ފަރާތްތަކަށް އެ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު