މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އިބްރާހިމް ޝާހިދު މިރޭ މަގާމުން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޯގަސްޓް މަހު އެ މަގާމަށް އައްޔަންކުރި ޝާހިދު ވަކިކުރުމަށް ނިންމީ މިރޭ ބޭއްވި އެމްޑަބްލިއުއެސްސީގެ ބޯޑު ބައްދަލުވުމެއްގައެވެ. ދައުލަތުގެ ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނަނީ އެ ކުންފުންޏެއްގެ ބޯޑަށެވެ. ޝާހިދު މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
މި ބަދަލަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށްފަހު ސަރުކާރުގެ ކުންފުނިތަކަށް ގެންނަން ފަށާފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި އެ ވޯޓުގައި ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
އެ އިންތިހާބަށްފަހު، މިއަދާއި މިރޭގެ ވަގުތެއްގައި ދައުލަތުގެ އެކި ކުންފުނިތަކުގެ އިސްވެރިން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ހިމެނެއެވެ. މީގެ އިތުރުން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ ސަރުކާރުން އަންގައިގެން މިރޭ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ޝާހިދުގެ އިތުރުން އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން އަސްބާހް ވެސް މިއަދު ވަކި ކޮށްފައިވެއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިފުޅު، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އަސްމާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އާއި، އަސްމާގެ ދަރިފުޅު، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އިންތިހާބުގެ ނާކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިސްލާހު ކުރަށްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު