ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެމަޖެންސީ ރޫމުން ތަކުރާރުކޮށް ކަރަންޓު ކެނޑޭ މައްސަލަ ފަހަކަށް އައިސް ވަނީ ނުހަނު ބޮޑުވެފައެވެ. މިކަމުގެ ސަބަބުން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ނާޒުކު ހާލަތަކަށް ކަންކަން ވަނީ ގޮސްފައެވެ.
މި މައްސަލައަކީ މިހާރު ދޭތެރެ ދޭތެރެއިން ކުރިމަތިވާ އާންމު ކަމަކަށް ވެފައިވާއިރު، މީގެ ސަބަބުން ހޮސްޕިޓަލުގެ މުހިންމު ގިނަ ޚިދުމަތްތަކަކަށް ދަނީ ބުރޫއަރަމުންނެވެ. ޚާއްޞަކޮށް، ލައިފް-ސަޕޯޓް މެޝިންތަކާއި، މޮނިޓަރުތަކުގެ އެހީގައި ފަރުވާދޭ އެމަޖެންސީ ރޫމެއްގެ ކަރަންޓު މެދުކެނޑުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކަރަންޓު ކެނޑިގެންދާ ކޮންމެ ހިނދުކޮޅަކީ ބަލިމީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިއްޔެ މެންދުރު 11:25 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާއާއި 5 ވަނަ ފަންގިފިލާގެ އިތުރުން، އައިޖީއެމްއެޗްގެ ގްރީން ޒޯނުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ. މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގެ ލެބޯޓްރީއަށް ވެސް ކަރަންޓުގެ ޚިދުމަތްތައް މެދުކެނޑުނެވެ.
އިއްޔެ މެންދުރުފަހު 02:46 އެހައިކަންހާއިރު ދެވަނަ ފަހަރަށް އެމަޖެންސީ ރޫމުން ކަރަންޓު ކެނޑުނުއިރު، އެ ވަގުތަކީ ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ކުއްލި ފަރުވާ ދެމުންދިޔަ ވަގުތެކެވެ. މި ހާދިސާގެ ސަބަބުން އެ މީހާއަށް ދެމުންދިޔަ ފަރުވާއަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އިއްޔެ އެކަނިވެސް ހަތަރު ފަހަރެއްގެ މަތިން އައިޖީއެމްއެޗް ހޮސްޕިޓަލުން ކަރަންޓު ކެނޑިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ހޮސްޕިޓަލުގެ މެނޭޖްމަންޓުން މިހާތަނަށް މިކަމާ ގުޅޭ އެކަށީގެންވާ ތަފްސީލެއް ނުވަތަ ހައްލެއް ހާމަކޮށްފައެއް ނުވެއެވެ. މިއީ އައިޖީއެމްއެޗް ޒިންމާދާރުކަން ކުޑަވުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ރައްޔިތުންގެ ސިއްހަތާއި ފުރާނައާ ގުޅިފައިވާ މިފަދަ ނާޒުކު ބެކަޕް ސިސްޓަމްތައް ފުރިހަމައަށް މަސައްކަތް ނުކުރުމަކީ ދައުލަތުގެ ފަރާތުން އޮތް އިހުމާލެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ލެބޯޓްރީ ޓެސްޓުތަކާއި، އެކްސް-ރޭ އަދި ސްކޭން ފަދަ ޚިދުމަތްތައް ލަސްވެ، މުޅި ސިއްހީ ނިޒާމަށް މިވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން، މިއީ އިންތިހާއަށް ނުރައްކާތެރި ކަމެއްކަން ދެނެގަނެ، ސަރުކާރުން މިކަމަށް ވަގުތުން ސަމާލުކަންދީ، ދާއިމީ ހައްލެއް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ރައްޔިތުންނަށް ރައްކާތެރިކަމާއެކު ފަރުވާ ލިބޭނެ މާހައުލެއް ކަށަވަރުކޮށްދިނުމަކީ މިއަދު ސަރުކާރުގެ ޒިންމާއެކެވެެ.

ކިޔުންތެރިންގެ ހިޔާލު