އީރާނާއި އެމެރިކާއާ ދެމެދު އެކުލަވާލި ވަގުތީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ދިވެހި ސަރުކާރުން މިއަދު މަރުހަބާ ކިޔައިފިއެވެ.
ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމުގެ ސަބަބުން ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެ، މަޝްވަރާއާއި ޑިޕްލޮމަސީގެ މަގުން ދާއިމީ ހައްލެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މި އެއްބަސްވުމަކީ މީގެ ކުރިން އީރާނުން އުވާލާފައިވާ އެއްބަސްވުމެއް ނަމަވެސް، އަލުން މިފަދަ ނިންމުމަކަށް އައުމަކީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ. އީރާނުން ކުރިން މި އެއްބަސްވުން އުވާލާފައިވަނީ އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ.
މި އެއްބަސްވުން ގާއިމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނު ސަރުކާރާއި، އެހެނިހެން ފަރާތްތަކުން ކުރި މަސައްކަތްތަކަށް ރާއްޖެއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ސަރުކާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިހާރު އެކުލަވާލެވުނު އާ އެއްބަސްވުމާއެކު، އާންމު ރައްޔިތުން ހިމާޔަތްކުރުމަށާއި، ބައިނަލްއަގުވާމީ ވިޔަފާރިއަށް މަގުފަހިވާނޭހެން ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ދުނިޔޭގެ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ ހުރިހާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު