ޕީއެންއެފްގެ މުޒާހަރާ
ޕީއެންއެފްގެ މުޒާހަރާ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން، މިހާރު އޮތް ވެރިކަން ބަދަލުކުރުމަށް ގޮވާލައި ސީދާ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ. މުޒާހަރާގެ ބައިވެރިން މިހާރު ދަނީ ބޮޑުތަކުރުފާނު މަގުން ކުރިއަށް ގޮސް، ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.





މި މުޒާހަރާގެ އެންމެ ކުރީ ސަފުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް ފެނިގެންދާއިރު، މުޒާހަރާގެ ބައިވެރިން ތިބީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ.

ޕީއެންއެފްގެ ސަޕޯޓަރުން ބޮޑުތަކުރުފާނު މަގުގައި ބާއްވަމުންދާ މި ހަރަކާތަކީ ވެރިކަން ބަދަލުކުރުމަށް ގޮވާލައި ކުރިއަށްގެންދާ ސީދާ ހަރަކާތެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު