ރައީސް ސާލިހު
ރައީސް ސާލިހު
ކައުންސިލް އިންތިޚާބުގައި ހިންނަވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ވަޑައިގެންފިއެވެ.

ރައީސް ޞާލިޙްގެ އުފަން ރަށް ކަމަށްވާ ޅ. ހިންނަވަރަށް އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅަކީ، ދާދިފަހުން ބޭއްވުނު އިންތިޚާބުގައި އެ ރަށުން ލިބުނު ބޮޑު ކާމިޔާބީގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް ޞާލިޙް ހިންނަވަރަށް ފައިބާވަޑައިގަތުމާއެކު، އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ، ލޯތްބާއި އިޙްތިރާމާއެކު އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވާއިރު، މި ދަތުރުފުޅުގައި އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމުގެ އެކި ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ޞާލިޙް ހިންނަވަރަށް ވަޑައިގެންފައިވާއިރު ކައުންސިލް އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.



ކިޔުންތެރިންގެ ހިޔާލު