ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އަހައްމިއްޔަތެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމެވުމާ އެއްގޮތަށް، "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"އިން ފްލެޓަށް އެދޭއިރު އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން ޔަޤީންކޮށްދިނުމަށް އެންސްޕާ ކާޑު ހުށަހެޅޭނެކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މި ފުރުޞަތަކީ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުޞަތެކެވެ.
ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ، މި ކެޓަގަރީގެ ދަށުން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް ހުޅުވާލާފައެވެ.
މީގެ ކުރިން އަމަލުކުރަމުން އައި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު" ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓެގަރީއެއް އޮތް ނަމަވެސް، އޭރު އުސޫލު އޮތްގޮތުން ފޯމުގައި ޖެހެނީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ ބައިގައި ފާހަގައެއް ޖަހާލާށެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ވަނީ މި އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލާއެކު، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ކުޑަކޮށްދީފައެވެ.
އައު އުސޫލުގައިވާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހުންނަށެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު