މި މަހުގެ 4 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ތިން ވޯޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މި ވޯޓުތަކުގެ ވަގުތީ ނަތީޖާ މިހާރު އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޝަކުވާ ހުށަހެޅިފައިވާ ބައެއް ފޮށިތަކުގެ ނަތީޖާ މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. އީސީން ބުނީ، ޝަކުވާ ހުށަހެޅުނު ފޮށިތައް އަލުން ގުނައި ނިންމުމަށްފަހު، ދާއިމީ ނަތީޖާ މާދަމާ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަސްމީކޮށް އިޢުލާން ކުރާނެ ކަމަށެވެ.
މި ފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ 294،876 މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ވަނީ ވޯޓުލައިފައެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އިންތިޚާބުވި ކައުންސިލަރުން ހުވާކުރާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.
ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ އެއް ރަސްމިއްޔާތެއްގެ ތެރެއިން ކަމަށް އީސީން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު