އިންތިޚާބާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތައް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
"ރަސް" އިން އިލެކްޝަން ކޮމިޝަންގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލަކަށް ޖަވާބު ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ގައުމީ ޝަކުވާ ބިއުރޯއަށް ހުށަހަޅާ ހުރިހާ މައްސަލަތަކެއް އެ ބިއުރޯ އިން ބަލައި ދިރާސާކުރާނެއެވެ.
އަދި ކޮންމެ މައްސަލައެއް ބެލުމަށްފަހު، އެ ޝަކުވާއެއް ހުށަހެޅި ފަރާތަކަށް ކޮމިޝަނުން ރަސްމީކޮށް ޖަވާބުދާރީވާނެ ކަމުގެ ޔަގީންކަން ވެސް އެ ކޮމިޝަނުން ވަނީ ދީފައެވެ.
ޝަކުވާތަކާ ގުޅިގެން ވޯޓު ފޮށިތައް ކެނޑުމާ ބެހޭގޮތުން ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި، ހުށަހެޅޭ ކޮންމެ މައްސަލައަކީ އަލުން ވޯޓު ފޮށި ކަނޑައިގެން ކަރުދާސްތައް ބަލަންޖެހޭ ފަދަ ހާލަތެއް ނޫނެވެ.
ނަމަވެސް، ބިއުރޯ އިން މައްސަލަ ބަލައި ދިރާސާކުރުމަށްފަހު، މައްސަލައިގެ ނަތީޖާ ކަށަވަރުކުރުމަށްޓަކައި އިތުރަށް ފޮށި ކަނޑަންޖެހޭ ކަމަށް ނިންމައިފި ނަމަ، އެ ފޮއްޓެއް ކަނޑައިގެން ބަލާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު