ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި ގޮތުގައި، ދިވެހި ގައުމަށް މިހާރު ލިބިފައިވަނީ ރައްޔިތުންގެ އިހުސާސްތައް ދަންނަ، ގައުމަށް ވަފާތެރި އަދި އިޚްލާސްތެރި ވެރިއެކެވެ.

މެމްބަރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ގައުމަކަށް މިފަދަ ހެޔޮލަފާ ވެރިއަކު ލިބުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.

ވޭތުވެދިޔަ އަހަރުތަކަށް އަލިއަޅުއްވާލައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، 2008 އިން ފެށިގެން 2023 އާ ހަމައަށް ތަފާތު ތިން ބޭފުޅަކު ގައުމުގެ އެންމެ މަތީ ވެރިކަމާ ހަވާލުވި ނަމަވެސް، އެ ބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް މާބޮޑު މަންފާއެއް ނުލިބޭ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުން މިއަދު ހޭލުންތެރިކަމާއެކު ވިސްނަންޖެހޭ ހަގީގަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުގެ ވެރިކަމަކީ ގިނަ ރައްޔިތުންތަކެއްގެ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި، މިހާރުގެ ވެރިޔަކީ ރައްޔިތުންގެ އަޑު އައްސަވައިގެން، ރައްޔިތުންނާ ގާތުން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު