މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ސަރުކާރު ހިންގާ ޕީއެންސީން މަގުތަކުގައި ދަމާފައިވާ ބެނާތަކާއި ހަރުކޮށްފައިވާ ޕޯސްޓަރުތައް އިންތިޚާބު ނިމުނުއިރުވެސް ނުނަގާތީ އާންމުންގެ ޝަކުވާ ބޮޑުވާން ފަށައިފިއެވެ.
މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގެ މަގުތަކުގައި ހުރި މި ތަކެތީގެ ސަބަބުން މަގުތަކުގެ ރީތިކަން ގެއްލި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ދަތިތަކާ ކުރިމަތިވަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
އާންމުން ބުނަމުންދަނީ އިންތިޚާބު ނިމުމާއެކު މިފަދަ ތަކެތި ނެގުމަކީ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ޒިންމާއެއް ކަމަށެވެ.
މި މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވަނީ ނަމޫނާ ދައްކައި، އެ ޕާޓީގެ ފަރާތުން މަގުތަކުގައި ހުރި ހުރިހާ ކެމްޕޭން މެޓީރިއަލްތަކެއް ނަގަން ފަށާފައެވެ. އެމްޑީޕީން ބުނެފައިވަނީ އިންތިޚާބަށްފަހު މަގުތައް ސާފުތާހިރުކޮށް ބޭއްވުމަކީ އެ ޕާޓީން އިސްކަންދޭ ކަމެއް ކަމަށާއި، މިހާރު ގާތްގަނޑަކަށް ހުރިހާ ސަރަހައްދަކުން އެމްޑީޕީގެ ބެނާތައް ނަގައި ނިމިފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރު ކޯލިޝަނުގެ ބެނާތައް އަދިވެސް ގިނަ ތަންތަނުގައި ހުރުމުން، ކަމާބެހޭ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު