ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު ވޯޓަކީ، ސަރުކާރަށް ނުވަތަ އެމްޑީޕީއަށް އޮތް ތާއީދު ވަޒަންކުރުމަށް ނެގުނު ވޯޓެއް ނޫން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝުޖާއު ފާހަގަކުރެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ އަޑުއައްސަވައި، އާންމުންގެ ނިންމުންތަކަށް ފުރިހަމައަށް އިޚްތިރާމްކުރައްވާނެ އޯގާތެރި ވެރިއެއް ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ރައްޔިތުން ވޯޓު ދިން ނަމަވެސް، އޭގެ މާނައަކީ ސަރުކާރަށް އޮތް އިތުބާރު ގެއްލުމެއް ނޫނެވެ. އެގޮތުން، އެއްދުވަހެއްގައި އިންތިޚާބު ބާއްވަން ނުފެންނަކަމަށް ނިންމި ގިނަ ރަށްރަށުގެ ކައުންސިލް މެޖޯރިޓީ، ރައްޔިތުން ދީފައިވަނީ ސަރުކާރު ހިންގާ ޕާޓީއަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއީ ރައްޔިތުން ވަކި ކަމަކާ މެދު އެމީހުންގެ ސާފު ޚިޔާލު ރައީސާ ހިއްސާކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީން ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި މި ނަތީޖާ އޮޅުވާލައިގެން މާނަކުރާތީ ޝުޖާއު ވަނީ ފާޑުވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒު ކަންކަން ނިންމަވަނީ ރައްޔިތުންގެ މަޝްވަރާއާ އެކު ކަމަށާއި، އައްޑޫ ސިޓީގެ ދާއިރާތަކުގެ މައްސަލައިގައިވެސް ފެނިގެންދިޔައީ ރައްޔިތުން އެދޭ ގޮތަށް އިޖާބަދެއްވި މަންޒަރު ކަމަށެވެ.
ސިޔާސީ ގޮތުން ކަންކަން އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، ހަގީގަތް ރައްޔިތުންނަށް ސާފުވާނެ ކަމުގެ ޔަގީންކަންވެސް ޝުޖާއު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު