އޮކްޓޯބަރު 2025 ގައި ގާޒާއަށް އެހީ ހިފައިގެން ދިޔަ "ސުމޫދު" ފްލޮޓިލާއަށް އިޒްރޭލުގެ ކަނޑުގެ ސިފައިން ހުރަސްއެޅި މައްސަލައިގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ތުރުކީން ދައުވާ އުފުލައިފިއެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހު އުފުލި މި ދައުވާގައި ނަތަންޔާހޫއަށް 4،596 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ވަނީ ހުށަހަޅާފައެވެ.
މި މައްސަލައަކީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި އުޅަނދުތަކަކަށް ހަމަލާދީ، އެތައް ބައެއްގެ ހައްގުތަކަށް އަރައިގަތް ކަމަށް ބުނެ ތުރުކީގެ ޕްރޮސެކިއުޓަރުން ކުރިއަށްގެންދާ ގާނޫނީ ފިޔަވަޅެކެވެ.
މި ހާދިސާއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ގޯސްވެފައިވާއިރު، ތުރުކީން ދަނީ އިޒްރޭލުގެ އިސްވެރިން ހިންގާފައިވާ އަމަލުތަކަކީ ހަނގުރާމައިގެ ކުށްތަކެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
މި ދައުވާގައި ނަތަންޔާހޫގެ އިތުރުން އިޒްރޭލުގެ އަސްކަރިއްޔާގެ ބައެއް އިސް ބޭފުޅުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. ތުރުކީގެ ކޯޓަކުން މި މައްސަލަ ބަލައިގެންފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ގައުމެއްގެ ވެރިއަކާ ދެކޮޅަށް މިހާ ބޮޑު އަދަބެއް ކަނޑައެޅުމަށް އެދި އުފުލި ފުރަތަމަ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު