ޔޫގަންޑާގެ އަސްކަރީ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނެރުގަބާ، އިސްރާއީލުގެ ދިފާއުގައި އެތައް ހާސް ސިފައިންނެއް ފޮނުވަން ތައްޔާރަށް ހުރިކަމަށް ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިސްރާއީލު ބަލިކޮށްލަން ނުވަތަ ނައްތާލަން ބަޔަކު މަސައްކަތް ކުރާނަމަ، ޔޫގަންޑާގެ ސިފައިން އިސްރާއީލުގެ ފަރާތުން ހަނގުރާމައަށް ނުކުންނާނެ ކަމަށެވެ.
މީގެ އިތުރުން، އޭނާގެ ބާރުގެ ދަށުގައި ތިބި "ހަނގުރާމައަށް ފެންބޮވައިގެންފައިވާ" ޒުވާން ސިފައިންނަށް އީރާނުގެ ވެރިރަށް ތެހެރާން ފަސޭހަކަމާއެކު ހިފިދާނެ ކަމަށްވެސް އޭނާ ވަނީ ދައުވާ ކުރައްވާފައެވެ.
ޖެނެރަލް މުހޫޒީއަކީ ޔޫގަންޑާގެ ރައީސް ޔޮވެރީ މުސެވެނީގެ ދަރިކަލުންނެވެ. އޭނާ ފާހަގަކުރެވެނީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހާ ބެހޭގޮތުން މިފަދަ ހަރުކަށި އަދި ހައިރާންކުރުވަނިވި ވާހަކަތައް ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ.
މިފަހަރުގެ ބަޔާނުގައި އޭނާ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުމަކަށް އަންނަން ދުނިޔެ ބޭނުންވި ނަމަވެސް، އިސްރާއީލަށް ނުރައްކަލެއް ކުރިމަތިވާ ހާލަތެއްގައި ޔޫގަންޑާ މަޑުން ނޯންނާނެ ކަމަށެވެ.
އޭނާގެ މި ވާހަކަތަކާއެކު ބައިނަލްއަގުވާމީ މުޖުތަމައުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
އިސްރާއީލާއި ޔޫގަންޑާއާ ދެމެދު އޮންނަ ތާރީޚީ ގުޅުމަށް އިޝާރާތް ކުރައްވަމުން، އެންޓެބޭ އެއާޕޯޓުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބޭބެ، ޔޮނަތަން ނަތަންޔާހޫގެ ހަނދާނީ ބިނާއެއް ބެހެއްޓުމަށް ނިންމާފައިވާކަންވެސް މުހޫޒީ ވަނީ ހާމަކުރައްވާފައެވެ.
ޔޮނަތަން ނަތަންޔާހޫ މަރުވީ 1976 ވަނަ އަހަރު ޔޫގަންޑާގެ އެންޓެބޭގައި ހިންގި ކާމިޔާބު ރެސްކިއު އޮޕަރޭޝަނެއްގައެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ޔޫގަންޑާއިން އިސްރާއީލަށް އޮތް ތާއީދު ސާފުކޮށްދޭން އޭނާ ބޭނުންވާކަމަށް މުހައްލިލުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު