ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު
ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު
ކޯޓުގެ ނިންމުންތަކަށް އަތްބާނައި، ވަކި ގޮތަކަށް ހުކުމްތައް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ނުކުރައްވާކަން މިއަދު ކަށަވަރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން

ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ހުކުމަކާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވެ، ގޮނޑި ގެއްލިފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި ނިހާދު ވިދާޅުވީ، ސިނާން އަކީ ޕީއެންސީގެ ވަރަށް ހީވާގީ އަދި ހިދުމަތްތެރި މެންބަރަކަށް ވުމުން، އޭނާގެ ގޮނޑި ސަލާމަތްކުރަން ޕާޓީން އިންތިހާއަށް ބޭނުންވި ކަމަށެވެ. ނަމަވެސް، ސަރުކާރުން ކޯޓުތަކަށް ބިރުދައްކައި ވަކި ގޮތަކަށް ނިންމުންތައް ނެރުވުމުގެ ސަގާފަތެއް މި ސަރުކާރުގައި ނެތްކަން މި ނިންމުމުން ސާފުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ސުޕްރީމް ކޯޓުގެ ހުކުމަކުން ގެއްލުނު ފުރަތަމަ ފަހަރެވެ. މި ގޮނޑި ހުސްވުމާ ގުޅިގެން، އެމްޑީޕީގެ ފަރާތުން އެ ދާއިރާއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ މިހާރުވެސް ފާޅުކުރައްވާފައެވެ.

ގާނޫނީ ގޮތުން ބަލާއިރު، މަޖިލިސް ގޮނޑިއެއް ހުސްވާތާ ފަސް ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލަން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު